logoEN
Sto top
ޕޯޗުގަލް އާއި އެކު ޔޫރަޕުގެ ގިނަ ގައުމުތަކުން އެސްޓްރަޒެނެކާ ވެކްސިން ސަސްޕެންޑްކޮށްފި

ޕޯޗުގަލް އާއި އެކު ޔޫރަޕުގެ ގިނަ ގައުމުތަކުން އެސްޓްރަޒެނެކާ ވެކްސިން ސަސްޕެންޑްކޮށްފި

# ވެކްސިން# ކޮވިޝީލްޑް# އެސްޓްރަޒެނެކާ

covishield

ޕޯޗުގަލް އިން ވެސް އެސްޓްރަޒެނެކާ ވެކްސިން ބޭނުންކުރުން ސަސްޕެންޑުކޮށްފިއެވެ.

Wamco

ޕޯޗުގަލް އިން މި ވެކްސިން ސަސްޕެންޑު ކޮށްފައިވަނީ ވެކްސިންގައި އިތުރަށް ސަމާލުކަންދޭންޖެހޭ ކަންތައްތައް ހުރުމުން ކަމަށް ޕޯޗުގީސްގެ ސިއްހީ އިދާރާއިން ވަނީ ހާމަކޮށްފައެވެ. ޕޯޗުގަލް އިންވެސް މި ވެކްސިން ސަސްޕެންޑު ކުރަން ނިންމީ ޔޫރަޕުގެ އެހެނިހެން ބައެއް ގައުމު ތަކެކޭ އެއްގޮތައް ވެކްސިން ޖެހުމަށްފަހު ލޭގަނޑުވުމުގެ މައްސަލަތައް މެދުވެރިވާ ކަމަށް ބުނެއެވެ.

ޕޯޗުގަލް ގެ އިތުރުން ޔޫރަޕުން މި ވެކްސިން ސަސްޕެންޑުކޮށްފައިވަނީ ފްރާންސް، ޖަރުމަނު އަދި އިޓަލީއެވެ.

މި ވެކްސިން އަކީ ވަރަށް ގިނަ މަރުހަލާތަކަކަށް ފަހު ގިނަ ތަހުލީލުތަކެއް ކުރެވިފައިވާ ވެކްސިން އެއް ކަމަށާއި އަދި މިހާތަނަށް ވެކްސިން ޖެހުމަށްފަހު ލޭގަނޑުވާކަމަށް ބާރުލިބޭ އެއްވެސް ހެއްކެއް ފެނިފައި ނުވާކަމަށް އެސްޓްރަޒެނެކާއިން ވަނީ ހާމަކޮށްފައެއެވެ. އެސްޓްޒެނެކާ އިން ބުނީ ވެކްސިން ދިން 10 މިލިއަން މީހުނަށް ބެލުމަށް ފަހު ލޭގަނޑުވާކަމުގެ އެއްވެސް ހެއްކެއް ފެނިފައިނުވާކަމަށެވެ.

ޔޫކޭ މެޑިސިން ރެގިިއުލޭޓާސް، ވޯލްޑްް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއު އެޗް އޯ) ގެ އިތުރުން ޔޫރަޕިއަން ޔުނިއަން (އީޔޫ) އިންވެސް ވަނީ އެފަދަ ކަމެއް ޔަގީން ކުރެވިފައި ނުވާކަމަށާއި ވެކްސިން ދިނުން ކުރިއަށް ގެންދިޔުމަށް ގޮވާލާފައެވެ.

ރާއްޖޭގައިވެސް މިހާރު ބޭނުންކުރަމުން އަންނަނީ އޮކްސްފޯޑް އާއި އެސްޓްރަޒެނެކާ ގުޅިގެން އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside