logoEN
PNC TOP 3
ބީއެމްއެލްގެ ކޯޕަރޭޓް އެފެއާޒް ޑިރެކްޓަރގެ މަގާމަށް އައިޝަތު ސަމާހު!

ބީއެމްއެލްގެ ކޯޕަރޭޓް އެފެއާޒް ޑިރެކްޓަރގެ މަގާމަށް އައިޝަތު ސަމާހު!

Admin

logo

3/8/2021, 8:14:53 PM

# ބީއެމްއެލް

ev780paucaafpuj

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް ޑިރެކްޓަރަކަށް އައިޝަތު ސަމާހު އައްޔަންކޮށްފިއެވެ.

PNC MID 2

އައިޝަތު ސަމާހް އެންމެ ފަހުން ހުންނެވީ ބީއެމްއެލްގެ ހެޑް އޮފް ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް ކަމުގެ މަގާމުގައެވެ. އޭނާ ވަނީ ބީއެމްއެލްގެ ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓުގައި 13 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވައިފައެވެ. އަދި 2009 ވަނަ އަހަރުން ފެށިގެން އޭނާ އަންނަނީ ބޭންކުގެ ކޮމްޕެނީ ސެކްރެޓަރީގެ މަގާމު ވެސް ފުރުއްވަމުންނެވެ.

ބޭންކިން އަދި ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވައިފައިވާ އައިޝަތު ސަމާހް ވަނީ ކޯޕަރޭޓް ގަވަނެންސްގެ އުސޫލުތައް ހިފެހެއްޓުމުގައި މުހިންމު ދައުރެއް އަދާ ކުރައްވާފައި ކަމަށް ވެސް ރާއްޖޭގެ ގައުމީ ބޭންކް، ބީއެމްއެލް އިން ހާމަކުރެއެވެ.

މި މަގާމަށް އައިޝަތު ސަމާހް އައްޔަން ކުރުމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވަނީ މަރުހަބާ ދަންނަވައިފައެވެ. އައިޝަތު ސަމާހު ފަދަ ތަޖުރިބާ ހުރި ބޭފުޅަކު ބޭންކުގެ ލީޑާޝިޕާ ގުޅުމަކީ ލިބޭ ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC