logoEN
cocacola
ވެކްސިންގެ ދެވަނަ ޑޯޒް މިމަހު 15 ގައި ދޭން ފަށަނީ

ވެކްސިންގެ ދެވަނަ ޑޯޒް މިމަހު 15 ގައި ދޭން ފަށަނީ

# ކޮވިޑް19# ވެކްސިން# ކޮވިޝީލްޑް

Covid Vaccine

ކޮވިޑް19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ފަށާފައިވާ ކޮވިޑް ވެކްސިނޭޝަންގެ ގައުމީ ޕްރޮގްރާމުގެ ދަށުން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އެ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާ މީހުންނަށް ދެވަނަ ޑޯޒް ދޭން ފަށާނެ ކަމަށް ހެލްތް މިނިސްޓަރ ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

އުނގޫފާރު ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވީ ކޮވިޑްގެ ވެކްސިންގެ ފުރަތަމަ ޑޯޒް މާލެ ސަރަހައްދުގައި ދެމުންގެންދާތާ ވަރަށް ގިނަ ދުވަސް ވެފައިވާ ކަމަށާއި، އެހެންކަމުން މިހާރު ދެވަނަ ޑޯޒް ޖަހަން ޖެހޭ ކަމަށެވެ.

އެގޮތުން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން މެދުކަނޑާލުމަށްފަހު އެ ދުވަހުން ފެށިގެން ވެކްސިންގެ ދެވަނަ ޑޯޒް ދޭން ފަށާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އްޖޭގައި މި ވަގުތު ދެމުން ގެންދަނީ އިންޑިއާއިން ތައްޔާރުކޮށްފައިވާ އޮކްފޯޑް-އެސްޓްރަޒެނެކާގެ "ކޮވިޝީލްޑް" ވެކްސިންއެވެ. މި ވެކްސިންގެ 200،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައި ވަނީ އިންޑިއާ ސަރުކާރުގެ ފަރާތުންނެވެ. މި ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ލިބި ޖަހަން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ