logoEN
cocacola
ދިއްދޫގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

ދިއްދޫގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

އަލްފާ އަލީ

logo

9/4/2023, 3:15:26 PM

# އެމްޓީސީސީ# ހއ. ދިއްދޫ# އާރުޓީއެލް

F5J8OSRaAAAzoM_

ހއ. ދިއްދޫގައި އާރުޓީއެލް ބަހުގެ ހިދުމަތް މިއަދު ފަށައިފި އެވެ.

ގޮސިޔާ

ދިއްދޫގައި މިއަދު ފެށިގެން ދިޔަ މިހިދުމަތުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ 2 ބަސް ކަމަށް އަރުޓީއެލް ގެ ހިދުމަތް ދެމުން އަންނަ އެމްޓީސީސީން ވަނީ ބުނެފައެވެ.

މި ބަސްތަކުގައި 22 މީހުންނަށް އިށީންދެ ތިބެވޭނެހެން ސީޓު ހަރުކުރެވިފައި ހުންނާނެއެވެ. އަދ،ި މީގެ އިތުރުން 10 މީހުންނަށް ކޮޅަށްތިބެވޭނެގޮތަށް އަތުން ހިފަހައްޓާނެ ހޭންޑަލް ހުންނާނެއެވ.ެ ވީމ،ާ ޖުމްލަ 32 މީހުންނަށް އެއްފަހަރާ ދަތުރުކުރެވޭނެ ޖާގަ މި ބަސްތަކުގައި ހުންނާނެއެވެ.

މި ހިދުމަތް ފެށުމުގެ ގޮތުން ފުރަތަމަ ހަފްތާގައި ދަތުރުކުރުން މުޅިން ހިލޭކޮށްފައިވާއިރު، އަގު ނަގަން ފެށުމުން އާރުޓީއެކް އެޕްލިކޭޝަން މެދުވެރިކޮށް ކިއުއާރުކޯޑު ބައްލަވައިގަނެވޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ހިލޭ ދަތުރުކުރެވޭ ހަފްތާ ނިމުނު ނަމަވެސް 3 އަހަރުން ދަށުގެ ކުޑަ ކުދިންނާއ،ި މަދަރުސާގައި ކިޔަވާ ކުދިންނާއ،ި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އިތުރުން 65 އަހަރުން މަތީގެ ބޭފުޅުންނަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ