logoEN
ޕީއެންސީ 2
ތިނަދޫ ކަނބަލުންގެ ފުޓްސަލް މުބާރާތާ ގުޅިގެން ނާސިހުގެ ނަސޭހަތްކޮޅެއް!

ތިނަދޫ ކަނބަލުންގެ ފުޓްސަލް މުބާރާތާ ގުޅިގެން ނާސިހުގެ ނަސޭހަތްކޮޅެއް!

އަޙްމަދު ޖަމީލު

logo

11/15/2020, 4:23:54 PM

# ކުޅިވަރު

thinadhoo anhen futsal (2)

ތިނަދޫ ޔޫތް ފުޓްބޯލް ކްލަބް އިން އިންތިޒާމުކޮށްގެން ގދ. ތިނަދޫގައި ބާއްވާ “ޑަބްލިއުޑީސީ ހިޔަލަ ފުޓްސަލް މުބާރާތް 2020” ގައި ބައިވެރިވާ ޓީމުތަކަށް ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ، މުޙައްމަދު ނާސިހު ނަސޭހަތް ދެއްވައިފިއެވެ.

ޝަރީ 2024

ފޭސްބުކަށް ޝެއާ ކުރެއްވި ޕޯސްޓެއްގައި ނާސިހު ވިދާޅުވީ މުބާރާތުގައި ބައިވެރިވާ ހުރިހާ ޓީމްތަކަށް ދުޅަހެޔޮ ސިއްޙަތަކާއި ކާމިޔާބީއަށް އެދޭ ކަމަށެވެ. އަދި ހުރިހާ ޓީމްތަކަށްވެސް ކުޅިވަރުގެ ރޫޙާ އެއްގޮތަށް ރީތި ކުޅުމެއް ފެނިގެންދާ ގޮތަށް މަސައްކަތްކުރަން އެދޭ ކަމަށެވެ.

"ތިނަދޫ ޔޫތް ފުޓްބޯލް ކްލަބުގެ ކަނބަލުންގެ ފުޓްބޯލް މުބާރާތުގެ ހުރިހާ ޓީމްތަކަށް ދުޅަހެޔޮ ސިއްޙަތަކާއި ކާމިޔާބީއަށް އެދެން. ހުރިހާ ޓީމްތަކުންވެސް ކުޅިވަރުގެ ރޫހާ އެއްގޮތަށް ރީތި ކުޅުމެއް ފެނިގެންދާ ގޮތަށް މަސައްކަތް ކޮށްދެއްވުން އެދެން," ނާސިހުގެ ފޭސްބުކް ޕޯސްޓުގައި ވެއެވެ.

ތިނަދޫ ޔޫތް ފުޓްބޯލް ކްލަބުން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތުގައި ތިނަދޫގެ ފަސް ޓީމަކުން ބައިވެރިވެއެވެ. މުބާރާތުގެ މަގްސަދަކީ ގައުމީ ފެންވަރުގައި ތިނަދޫ ތަމްސީލްކޮށް ވާދަ ކުރެވޭ ވަރުގެ އަންހެން ފުޓްސަލް ޓީމެއް ބިނާކޮށް އުފެއްދުމެވެ. މި މުބާރާތުގެ ފުރަތަމަ މެޗް ބާއްވަން ރޭވިފައި އޮތީ މިރޭ އެވެ. ނަމަވެސް މޫސުން ގޯސްވެ ވިއްސާރަވުމާ ގުޅިގެން މުބާރާތުގެ ކުޅުން މާދަމާއަށް ވަނީ ފަސްކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ