logoEN
cocacola
ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ ލޯންޗުކޮށްފި

ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ ލޯންޗުކޮށްފި

އަލްފާ އަލީ

logo

8/9/2023, 11:04:04 PM

# ރިޔާސީ އިންތިޚާބު 2023# ޖޭޕީ# ޤާސިމް އިބްރާހިމް

F3GrkC9aEAAhsJ9

ޖުމްހޫރީޕާޓީގެ މެނިފެސްޓޯ މިރޭ ލޯންޗުކޮށްފި އެވެ.

ގޮސިޔާ

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މައި ޖަގަހަ މ. ކުނޫޒްގައި މިރޭ ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި މެނިފެސްޓޯ ލޯންޗުކޮށްދެއްވީ އެޕާޓީގެ ލީޑަރ އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް އެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ މެނިފެސްޓޯ ޖުމްހޫރީ ޕާޓީގެ ވެބްސައިޓް https://jumhooree.org އިން ހުރިހާ ރައްޔިތުންނަށްވެސް ފެންނަން ހުންނާނެ ކަމަށްވެސް އެޕާޓީން ވަނީ ބުނެފައެވެ.

ޖުމްހޫރީ ޕާޓީގެމެނިފެސްޓޯ އެކުލަވާލައްވާފައިވަނީ ތިން މަސްދުވަހުގެ މަސައްކަތުންކަމަށް އެޕާޓީން ވަނީ ބުނެފައެވެ. އެގޮތުން މެނިފެސްޓޯ އެކުލަވާލެއްވުމުގައި އެކިއެކި ދާއިރާތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކުގެ ހިޔާލާއި މައުލޫމާތު ހޯދާފައިވާއިރު މީގެތެރޭގައި 200 އަށްވުގެ ގިނަ މީހުންނަށް އިންޓަވިއު ކުރެވިފައިވާ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވީ، އެޕާޓީގެ މެނިފެސްޓޯ އެކުލަވާލުމުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަބައެއްގެ ހިޔާލު ހޯދާފައިވާނެ ކަމަށެވެ.

ސެޕްޓެމްބަރު 9ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީޕާޓީން އެޕާޓީގެ މެނިފެސްޓޯ އާއްމުކޮށްފައިވާއިރު، ބައެއް އެހެން ސިޔާސީ ޕާޓީތަކުންވެސް ވަނީ އެޕާޓީތަކުގެ މެނިފެސްޓޯ އެކުލަވާލާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ