
ތިނަދޫ ސަހަރާގެ މަހާނައެއް ކައިރީގައި ސިހުރު ހަދަން ބަޔަކު ތިބި ފޮޓޯތަކާއި ވީޑީއޯތަކެއް ދައުރުވެއްޖެ
# ގދ.ތިނަދޫ9A3ADB69-EBEA-43FB-9D9F-658A71C1712F
ގދ. ތިނަދޫ ސަހަރާތެރޭގައި ބަޔަކު ސިހުރު ހަދަން ތިބި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިކަމާ ގުޅޭ ވީޑިއޯތަކާއި ފޮޓޯތަކެއް ދައުރުވަމުންދާއިރު، ކަމުގެ މައުލޫމާތު އިނގޭ މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ގާފު" އަށް މައުލޫމާތު ދިން ގޮތުގައި މިކަން ހިނގާފައިވަނީ ރޭ 7:15 އެހާކަން އަރުގައެވެ.
އެމީހާ ކިޔައިދިންގޮތުގައި މަހާނަ ކައިރީގައި އެކަކު ހުރި ކަމަށާއި، އެސަރަހައްދުގައި އިތުރު ބަޔަކުވެސް ހަރަކާތްތެރިވިކަމަށެވެ. އަދި މަހާނަ މައްޗަށް ފެންއަޅާފައި ހުރިކަމަށާއި، އެކަން ކަމާއި ބެހޭ ފަރާތްތަކަށް އެގަޑީއަންގާފައި ވާނެކަމަށެވެ. އަދި އެކަން އެނގިގެން އާންމު ރައްޔިތުން ވެސް އެތަނަށް އެއްވެ، އެތަނުން ސިހުރުހަދަން ވަދެތިބި މީހުން ބޭރުކޮށްފައިވާ ކަމަށާއި، ސިހުރު ކަމަށް ބެލެވޭ އެއްޗެއް ލިޔެފައިހުރި އެއްޗެހިތަކެއް އެތަނުން އެކެއްގެ އަތުން ފެނިފައިވާ ކަމަށެވެ.
މިކަން ހިނގިވަގުތު އެތަނުގައި ހުރި އެހެން މީހަކު ގާފު އަށް ކަށަވަރު ކޮށްދިން ގޮތުގައި ސިހުރު ހަދަން ސަހަރާއަށް ވަދެތިބީ ތިނަދޫގެ ކުރީގެ މަޖިލިސް މެންބަރެއްގެ ވަރަށް އަރިސް ބައެއް ކަމަށެވެ.
އަދި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއްވެސް އެތަނުގައި ހިނގި ކަމަށް މައުލޫމާތު އިނގޭ އެހެން މީހަކު މި ނޫހަށް ކިޔައިދީފައިވެއެވެ.
ނަމަވެސް މިކަމާ ގުޅޭގޮތުން އެއްވެސް ރަސްމީ އިދާރާއަކުން މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައިނުވެއެވެ. އަދި އެމައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމުގެ މައުލޫމާތެއްވެސް ލިބިފައިނުވެއެވެ.
ގުޅުންހުރި

ގައްދޫގައި ޒުވާން އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް!

ގައްދޫގައި ޒުވާން އަންހެންކުއްޖަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ގެއްލިގެން ހޯދަމުންދިޔަ މީހާ މިސްކިތުގައި ހުއްޓާ ފެނިއްޖެ
