logoEN
cocacola
ހުވަދޫ އަތޮޅުގައި ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ބޮޑެތި ގޮންޖެހުންތަކެއް!

ހުވަދޫ އަތޮޅުގައި ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ބޮޑެތި ގޮންޖެހުންތަކެއް!

# ފަތުރުވެރިކަން# ހުވަދޫ އަތޮޅު# ޓޫރިޒަމް މިނިސްޓްރީ# ލޯކަލް ޓޫރިޒަމް# ރަށު ފަތުރުވެރިކަން

FyP5PsZaEAAFS6V

ހުވަދޫ އަތޮޅުގައި ލޯކަލް ޓޫރިޒަމް ނުވަތަ ރަށު ފަތުރުވެރިކަން ކުރިއެރުވުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ފާހަގަކޮށްފި އެވެ.

ގޮސިޔާ

ސަރުކާރުގެ ސްޓްރޭޓެޖިކް އެކްޝަން ޕްލޭންގައި ލޯކަލް ޓޫރިޒަމް ކުރިއަރުވާ ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ހިމަނާފައިވާއިރު، "ޓޫރިޒަމް ޑައިވާސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން ޕްރޮޖެކްޓް" އުފެދި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ރަށްރަށުގައި ލޯކަލް ޓޫރިޒަމް ތަރައްގީކުރުމަށް ރަށު ކައުންސިލްތަކުން އެދޭ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ރަށުގެ ލޭންޑުޔޫސް ޕްލޭން އެކުލަވާލުމަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިމަހުގެ 7ވަނަ ދުވަހުން ފެށިގެން 10ވަނަ ދުވަހާ ހަމައަށް ޓޫރިޒަމް މިނިސްޓަރާއެކު އެމިނިސްޓްރީގެ ޓީމެއް ވަނީ ގދ. އަތޮޅަށް ޒިޔާރަތްކޮށް އަތޮޅުގެ އެކި ރަށްރަށުގެ ކައުންސިލްތަކާ ބައްދަލުކޮށް ރަށުފަތުރުވެރިކަން ކުރިއެރުވުމަށް ދިމާވާ ގޮންޖެހުންތައް ބައްލަވާލައްވާފައެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ގދ. އަތޮޅުގެ ގިނަ ރަށްރަށަށް ދިމާވާ 3 ގޮންޖެހުމެއް ފާހަގަކުރައްވާފައެވެ. އެގޮތުން އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ނެތުމުގެ ދަތިކަން ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން ޑޮމެސްޓިކް ފްލައިޓްތަކުގެ އަގުތައް ބޮޑުވުމާއި، ސާފިންގ ބޯޑުތައް ގެނައުމަށް ދަތިވުމާއި، ކައުންސިލާއި އަންހެނުންގެ ކޮމެޓީއާ ރިސޯޓްތަކާ އެކަށީގެންވާ ގާތް ގުޅުމެއް ނެތުން ފާހަގަކޮށްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ގދ. އަތޮޅަށް ކުރެއްވި ދަތުރުގައި، ގދ. ނަޑެއްލާ ފިޔަވަައި އެއަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް ކައުންސިލްތަކާ ބައްދަލުކޮށްފައިވެއެވެ. ޓޫރިޒަމް މިނިސްޓްރީގެ ޓީމާއެކު ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހުމަދު ސައީދުވެސް މި ދަތުރުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ