logoEN
Sto top
ކޮމަންޑޫގައި 30 ހައުސިންގ ޔުނިޓް އެޅުމަށް އާރުސީސީއާ ހަވާލުކޮށްފި

ކޮމަންޑޫގައި 30 ހައުސިންގ ޔުނިޓް އެޅުމަށް އާރުސީސީއާ ހަވާލުކޮށްފި

އަލްފާ އަލީ

logo

5/31/2023, 1:52:06 PM

# ހައުސިންގ މިނިސްޓްރީ# ށ. ކޮމަންޑޫ# އާރުސީސީ

11ac27cb-847c-46a2-b50c-fb141d37da75

ށ. ކޮމަންޑޫގައި 30 ހައުސިންގ ޔުނިޓް އެޅުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން އާ ހަވާލުކޮށްފި އެވެ.

Wamco

މި މަޝްރޫއު އާރުސީސީއާ ހަވާލުކުރުމަށް މިއަދު ހައުސިންގ މިނިސްޓްރީގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، ހައުސިންގ ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ. އަދި އަރުސީސީގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޑަކްޓްސް ޑިރެކްޓަރ އާދަމް ރަހީމް އެވެ.

މި މަޝްރޫޢުގެ މަސައްކަތް އާރުސީސީއާ ހަވާލުކޮށްފައިވަނީ، 40.9 މިލިއަން ރުފިޔާއަށް 300 ދުވަހުން ނިންމާ ގޮތަށެވެ.

މި މަޝްރޫއުގައި ހިމެނެނީ 700 އަކަފޫޓުގެ ދެ ބުރީގެ 30 ރޯހައުސެވެ. ޔުނިޓެއްގައި ހިމެނޭނީ 3 ކޮޓަރި، 3 ފާޚާނާ، ސިޓިންގ ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެވެ.

މި މަޝްރޫއުގެ ދަށުން އިމާރާތުގެ ވަށާފާރާއި، ހައުސިންގ ޔުނިޓް ތަކުގައި ދިރިއުޅޭ ފަރާތްތައް ހިތްފަސޭހަ މާހައުލެއް ގާއިމު ކުރުމަށްޓަކާ ޔުނިޓްތައް ވަށައިގެން އަލިކުރެވިގެން ދާނެއެވެ. އަދި ޕާރކަކާއި ވެހިކަލް ޕާރކް ކުރާނެ ސަރަހައްދެއް ގާއިމް ކުރެވިގެންދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC