logoEN
cocacola
މިފްކޯއިން އަލަށް ގެނައި ބޯޓަށް މާދަމާ މަސްކިރަން ފަށަނީ!

މިފްކޯއިން އަލަށް ގެނައި ބޯޓަށް މާދަމާ މަސްކިރަން ފަށަނީ!

# މަސްވެރިން# މިފްކޯ# މަސްވެރިކަން# ޖަޒީރާ 103

63924216-CCDD-409E-B5B2-18C2215A13B7

މިފްކޯއިން އަލަށް ގެނައި މަސްކިރާ ބޯޓަށް މަސްކިރުމުގެ މަސައްކަތް މާދަމާ ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ގޮސިޔާ

ދުވާލަކު 120 މެޓްރިކް ޓަނުގެ މަސްގަނެ ފިނިކުރުމުގެ ގާބިލުކަން ލިބިފައިވާ މި ބޯޓަށް މަސްކިރަން ފެށުމުގެ ގޮތުން މާދަމާ ހާއްސަ ރަސްމިއްޔާތެއްވެސް ބޭއްވުމަށް އެކުންފުނިން ވަނީ ނިންމާފައެވެ. މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު ގދ. ފަރެސް މާތޮޑާ ޖެޓީ ސަރަހައްދުގައެވެ.

މާދަމާ އޮންނަ ހާއްސަ ރަސްމިއްޔާތުގައި، މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީގެ އިތުރުން، ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އާއި ފިޝަރީޒް މިނިސްޓަރ ޑރ ހުސެއިން ހަސަން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

"ޖަޒީރާ 103″ ނަމުން ނަންދީފައިވާ މި ބޯޓަކީ ފަސޭހަކަމާއެކު ބޯޓްގެ ދެ ފަރާތުން އެއްފަހަރާ މަސްކިރޭގޮތަށް 2 ކްރޭން ހަރުކޮށް ހަދާފައިވާ ބޯޓކެވެ. މީގެ އިތުރުން މި ބޯޓަކީ ޖުމްލަ 420 މެޓްރިކް ޓަނުގެ މަސް ސްޓޯކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ބޯޓެކެވެ.

މި ބޯޓަކީ ދެކުނުގެ މަސްވެރިން މަސްކިރުމަށް ކޫއްޑޫއަށް ކުރަމުން އަންނަ ދުރު ރާސްތާ ދަތުރު ކުރުކުރުމަށް ރައީސް ސޯލިހް މިދިޔަ އަހަރު ފަރެސްމާތޮޑާގައި ބޭއްވި މަސްވެރިންގެ ޖަލްސާގައި ވައުދުވި ވައުދާއި އެއްގޮތަށް އެވައުދު ފުއްދުމަށް ގެނެވުނު ބޯޓެކެވެ. އެގޮތުން މިފްކޯއިން މިހާރުވެސް އަންނަނީ އިތުރު ތިންބޯޓު މިހާރު ރަޖިސްޓްރީކޮށް ނިންމައި، މަސްކިރުމުގެ ކަންކަން ފަސޭހަކުރުމަށްޓަކައި ގެންނަންޖެހޭ ބައެއް ބަދަލުތައް ބޯޓަށް ގެނައުމުގެ މަސައްކަތްތަށް ތައިލެންޑުގެ ބެންކޮކުގައި ކުރަމުންނެވެ. މި ބޯޓުތަކަކީވެސް ދުވާލަކަށް 70 ޓަނުގެ މަސް ކިރޭނެ ގާބިލުކަން ލިބިފައިވާ ބޯޓުތަކެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ