
Happy Market
ރާއްޖޭގައި ފުޅާދާއިރާގައި ވިޔަފާރި ކުރަމުން އަންނަ ކުންފުންޏެއް ކަމަށްވާ ހެޕީމާކެޓުގެ ޑިސްޓްރިބިއުޝަން ސެންޓަރ އަދި ޝޯރޫމު ގދ ތިނަދޫގައި ރަސްމީކޮށްހުޅުވައިފި އެވެ.

ސަރަހައްދީ މި ޑިސްޓްރިބިއުޝަން ސެންޓަރު ރަސްމީކޮށް ހުޅުވުމައްޓަކައި ތިނަދޫގައި ރޭ ވަނީ ޚާއްސަ ހަފްލާއެއް ބާއްވާފައެވެ. އެ ހަފްލާގައި ހެޕީ މާކެޓުގެ ސީއީއޯ އަލީ އިހުސާން އާއި ސީއޯއޯ އަބްދުالله ނައީމުގެ އިތުރުން ގދ ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ އާއި ގދ އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުالله ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ތިނަދޫ ގާޒީ މަގުގައި ހުންނަ މި ޑިސްޓްރިބިއުޝަން ސެންޓަރު ރަސްމީކޮށް ހުޅުއްވައި ދެއްވީ ގދ ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ އެވެ.
ހެޕީމާކެޓުން މައުލޫމާތު ދޭގޮތުގައި ގދ ތިނަދޫގައި އެކުންފުނީގެ ޑިސްޓްރިބިއުޝަން ސެންޓަރެއް ގާއިމްކުރުމުގެ މައިގަނޑު މަގްސަދަކީ ބޭރުގެ ފެންވަރު ރަނގަޅު ކާބޯތަކެތީގެ ބާވަތްތަށް އެންމެ ތާޒާކަމާއެކު ގދ އަތޮޅުގެ ރަށްތަކަށާއި ރިސޯޓުތަކަށް ފަސޭހަ ކަމާއެކު މެދުކެނޑުމެއްނެތި ލިބޭނެ ގޮތް މަގުފަހި ކުރުން ކަމަށެވެ. އަދި އެ ފިހާރައާ އެކު އެސަރަހައްދުގެ ކުދި ބޮޑު ވިޔަފާރިތަކަށް ހެޕީ މާކެޓުން އެތެރެކޮށް ވިއްކާ ހުރިހާ ބާވަތެއްގެ ކާބޯތަކެތީގެ އިތުރުން ލައިފް ބްރޭންޑުގެ ފެން އަތްފޯރާ އަގެއްގައި ލިބިގެން ދާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
އެކުންފުނީގެ އަމާޒަކީ ކާބޯތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކާއި ކަސްޓަމަރުންނާއި އޮތް ގުޅުން އިތުރަށް ބަދަހިކޮށް ކުންފުނިން އެތެރެކުރާ އުފެެއްދުން ތަކަކަކީ ގިނަ ބަޔެއްގައި އިތުބާރާއި މަގުބޫލުކަން ލިބިފައިވާ އުފެއްދުންތަކަކަށް ހެދުން ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.
ތިނަދޫގައި ހުޅުވުނު ފިހާރައާއި އެކު ހެޕީމާކެޓުގެ ޑިސްޓްރިބިއުޝަން ސެންޓަރުތަކުގެ އަދަދު ވަނީ 5 އަށް އަރާފައެވެ. އެކުންފުނިން އަންނަނީ މިހާރުވެސް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އިތުރުން ދެކުނުގައިވެސް އެކުންފުނީގެ ޑިސްޓްރިބިއުޝަން ސެންޓަރުތަށް ޤާއިމްކޮށް ހިދުމަތް ދެމުންނެވެ.
ހެޕީ މާކެޓުން މިހާރުވެސް ދަނީ ދުނިޔޭގެ މަޝްހޫރު 22 ބްރޭންޑެއް ރާއްޖެއަށް އިމްޕޯޓުކޮށް ރީޓެއިލް އަދި ހޯލްސޭލް ކުރަމުންނެވެ. މި ބްރޭންޑުތަކަކީ ދުނިޔޭގެ 13 ގައުމެއްގެ ބްރޭންޑްތަކެކެވެ.
ގުޅުންހުރި

ގައްދޫގައި ޒުވާން އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް!

ގައްދޫގައި ޒުވާން އަންހެންކުއްޖަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ގެއްލިގެން ހޯދަމުންދިޔަ މީހާ މިސްކިތުގައި ހުއްޓާ ފެނިއްޖެ
