logoEN
cocacola
މިއަހަރުގެ މިހާތަނަށް މަސްވެރިންނަށް 500 މިލިއަން ރުފިޔާ ދޫކޮށްފައިވޭ - މިފްކޯ

މިއަހަރުގެ މިހާތަނަށް މަސްވެރިންނަށް 500 މިލިއަން ރުފިޔާ ދޫކޮށްފައިވޭ - މިފްކޯ

އަލްފާ އަލީ

logo

5/9/2023, 1:24:01 PM

# މަސްވެރިން# މިފްކޯ

MIFCO Jazeera 103

މިއަހަރުގެ މިހާތަނަށް 500މިލިއަން ރުފިޔާގެ މަސް ގަނެފައިވާ ކަމަށް މިފްކޯ އިން ބުނެފި އެވެ.

ގޮސިޔާ

މިފްކޯ އިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރު ޖެނުއަރީ މަހުން ފެށިގެން މޭ މަހުގެ 5ވަނަ ދުވަހާ ހަމައަށް 30,425 މެޓްރިކް ޓަނުގެ މަސް މިފްކޯއަށް ވަނީ ކިރުވާފައެވެ. 2022ވަނަ އަހަރު މި މުއްދަތުގައި މިފްކޯއަށް ކިރުވާފައިވަނީ 25,178 މެޓްރިކް ޓަނުގެ މަހެވެ. މިއީ 2022 ވަނަ އަހަރުގެ މި މުއްދަތުގައި ކިރުވި މަހުގެ އަދަދާ އަޅާ ބަލާއިރު 21 އިންސައްތައިގެ ކުރިއެރުމެކެވެ.

އަހަރުގެ މިހާތަނަށް ޖުމްލަ 505.3 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާއިރު، 2022ވަނަ އަހަރުގެ މި މުއްދަތުގައި ދޫކޮށްފައިވަނީ 405.1 މިލިއަން ރުފިޔާ އެވެ.

މިފްކޯއަށް މަސްގަނެފައިވާ ގޮތަށް ބަލާއިރު، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް ޖުމްލަ 22,923 މެޓްރިކް ޓަނުގެ މަސް ވަނީ ގަނެފައެވެ. މިއީ 2022ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 19 އިންސައްތައިގެ ކުރިއެރުމެކެވެ.

ފެލިވަރު ފިޝަރީސް ކޮމްޕްލެކްސްއިން މިއަހަރު މިހާތަނަށް 3821 މެޓްރިކް ޓަނުގެ މަސް ގަނެފައިވެއެވެ. މިއީ 2022ވަނަ އަހަރުގެ މިމުއްދަތާ އަޅާ ބަލާއިރު 10 އިންސައްތަ ކުރިއެރުމެކެވެ.

އައްޑޫ ފިޝަރީޒް ކޮމްޕެލެކްސް އިން މިއަހަރު 30,425 މެޓްރިކްޓަނުގެ މަސް ގަނެފައިވެއެވެ. މިއީ އޭގެ ކުރީއަހަރުގެ މި މުއްދަތާ އަޅާބަލާއިރު 47 ޕަސެންޓް ކުރިއެރުމެކެވެ.

މަސް ކިރުމުގެ ކެޕޭސިޓީ އިތުރު ކުރުމުގެ ގޮތުން މިފްކޯއިން ވަނީ ދުވާލަކު 120 މެޓްރިކް ޓަނުގެ މަސްގަނެ ފިނިކުރުމުގެގާބިލުކަން ލިބިގެންވާ ބޯޓެއްވެސް ރާއްޖެ ގެނެސްފައެވެ. "ޖަޒީރާ 103″ ނަމުން ނަންދީފައިވާ މި ބޯޓަކީ ފަސޭހަކަމާއެކު ބޯޓްގެ ދެ ފަރާތުން އެއްފަހަރާ މަސްކިރޭގޮތަށް 2 ކްރޭން ހަރުކޮށް ހަދާފައިވާ ބޯޓެކެވެ. މީގެ އިތުރުން މި ބޯޓަކީ ޖުމްލަ 420 މެޓްރިކް ޓަނުގެ މަސް ސްޓޯކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ބޯޓެކެވެ. އޭގެއިތުރުންވެސް މަސްކިރުވުމުގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން އެކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ