
2FFD1141-04B7-4383-B9E7-DB1AA3C69D48
މިސްރުގެ ހުނަރުވެރި ފޯވާޑް މުހައްމަދު ސަލާޙް ކޮވިޑް 19 އަށް ފައްސި ވެއްޖެއެވެ.

މިސީޒަނުގައި އޭނާ ކުޅޭ އިނގިރޭސި ކުލަބު ކަމަށްވާ ލިވަރޕޫލް އަށް 8 ގޯލް ކާމިޔާބު ކޮށްފައިވާ ކުަޅުންތެރިޔާ ކޮވިޑަށް ފައްސިވިކަން ވަނީ މިސްރުގެ ފުޓްބޯޅަ އެފްއޭ އިން ޔަގީން ކޮށްދީފައިއެވެ. މިސްރުގެ އެފްއޭއިން މިކަން ހާމަކޮށްފައިވަނީ މިރޭގެ ވަގުތެއްގަ އެވެ.
މިސްރުގެ އެފްއޭއިން ހާމަކުރި ގޮތުގައި ސަލާހް ފައްސިވި ނަމަވެސް އެއްވެސް އަލާމާތެއް އޭނާ ފަރާތުން ނުފެނެއެވެ. އަދި މިސްރުގެ ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިން މިހާރު ކޮވިޑަށް ޓެސްޓު ކޮށްފައިވާ ކަމަށާއި އެއްމެންގެ ނަތީޖާ ނައްސި ކަމަށް މިސްރުގެ އެފްއޭއިން ވަނީ ބުނެފައެވެ.
ސަލާހް ކޮވިޑަށް ފައްސިވި އިރު އޭނާ ހުރީ ގައުމީ ޓީމް ޑިއުޓީގައެވެ. އަދި ލިވަޕޫލްގެ ކުރިޔަށް އޮތް ދެމެޗު އޭނާއަށް ގެއްލޭނެއެވެ.
މިހާތަނަށް ލިވަރޕޫލްއަށް ކުޅެދިން 165 މެޗްއިން 105 ގޯލް އޭނާވަނީ ކާމިޔާބުކޮށްދީފައެވެ.