ތިނަދޫ ކުޅިވަރު ކޯޓުތައް ބަންދުކޮށްފި

ގދ. ތިނަދޫން ރޭ ފެނުނު ކޮވިޑް19 ކޭސްއާ ގުޅިގެން އެރަށް އަނެއްކާވެސް މޮނިޓަރިންގ ހާލަތަށް ގެނައުމާއި އެކު އެރަށުގެ ބައެއް ކުޅިވަރު ކުޅޭ ތަންތަން ބަންދުކޮށްފިއެވެ.

ތިނަދޫ ސްޓޭޑިއަމް އިން މިއަދު ނެރުނު އިއުލާނެއްގައި ވާ ގޮތުން  ތިނަދޫ ސްޓޭޑިއަމްގެ ދުވާ ޓްރެކް، ބާސްކޭޓް ކޯޓް، ފުޓްސަލް އަދި ހޭންޑްބޯލް ކޯޓުތައް ވަގުތީގޮތުން ބަންދު ކުރަން ވަނީ ނިންމާފައެވެ.  އަދި މޮނިޓަރިންގ ހާލަތު އުވާލެވި ރަށް އާންމު ހާލަތައް  އައުމުން ކުޅިވަރު ކޯޓުތައް އަލުން ހުޅުވާލެވޭނެ ކަމަށްވެސް އެ އިއުލާނުގައި ވެއެވެ. މީގެ އިތުރުންވެސް ތިނަދޫ ކޮމިއުނިޓީ ސެންޓަރުން ދޭ ހުރިހާ ހިދުމަތެެއްވެސް މެދުކެނޑުމަށްފަހު އެތަންވެސް ވަނީ ބަންދުކޮށްފައެވެ.

އެރަށް މޮނިޓަރިންއަށް ގެނައި އިރު ސްކޫލުތަކުގައި މިއަދު ކިޔެވުންވެސް ވަނީ ފަށާފައެވެ. މޮނިޓަރިންއަށް ލުމަ ގުޅިގެން ދަރިވަރުން ވަނީ ގެއަށް ފޮނުވަލާފައެވެ.

ތިނަދޫއިން ރޭ ފައްސިވި މީހާ އަކީ ކަރަންޓީންގައި ހުރި މީހެއް ނޫނެވެ. އެމީހާ އަކީ އައްޑޫ ކްލަސްޓަރ ގައި ހިމެނޭ މީހެކެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް