ތިނަދޫ މޮނިޓަރިންގ ހާލާތާއި އެކު ހޮސްޕިޓަލްގެ ބައެއް ހިދުމަތްތައް މެދުކަނޑާލައިފި

ގދ. ތިނަދޫން ރޭ ފެނުނު ކޮވިޑް19 ކޭސްއާ ގުޅިގެން އެރަށް އަނެއްކާވެސް މޮނިޓަރިންގ ހާލަތަށް މިއަދު ގެނައުމާއި ގުޅިގެން ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ބައެއް ހިދުމަތްތައް މެދުކަނޑާލައިފިއެވެ.

މޮނިޓަރިންގ ހާލަތުގައި މެދު ކަނޑާލައިފައިވަނީ ހާއްސަ ބަލިތަކުގެ ޑޮކްޓަރުންގެ އޯޕީޑީ ހިދުމަތެވެ. އަދި އެހެން ނަމަވެސް އެކްސިޑެންޓް އަދި އިމަޖެންސީގައި ދޭންޖެހޭ ޚިދުމަތްތައް 24 ގަޑިއިރު މެދު ނުކެނޑި ލިބޭނެކަންވެސް އެ ހޮސްޕިޓަލް އިން ވަނީ ހާމަ ކޮށްފައެވެ. އަލުން މި ހިދުމަތްތައް ލިބިގެންދާނީ އެރަށުގެ މޮނީޓަރިންގ ހާލަތު އުވާލުމުންނެވެ.

މީގެ ކުރިންވެސް ތިނަދޫ އިން ކޮވިޑް ކޭސް އެއް ފެނުމާއި ގުޅިގެން ހޮސްޕިޓަލްގެ އޯޕީޑި ހިދުމަތް  މެދުކަނޑާލެވިފައިވެއެވެ.

ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ރޭ ހާމަ ކުރިގޮތުގައި ފައްސިވެފައިވަނީ ހޯމް ކަރަންޓީނުގައި ހުރި މީހެއް ނޫނެވެ. އަދި ފައްސިވި މީހާއަކީ އައްޑޫ ސިޓީއިން ކޮވިޑް19އަށް ފައްސިވި ފަރާތަކާ ޑައިރެކްޓް ކޮންޓެކްޓްވި މީހެއްކަމަށްވެސް ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަރަންޓީން އުސޫލްތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހޮސްޕިޓަލުން އިލްތިމާސްކުރެއެވެ. އަދި ރޯގާގެ އެއްވެސް އަލާމާތެއް ފާހަގަ ކުރެވޭނަމަ ތިނަދޫގައި ހުންނަ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ހޮޓްލައިން ނަންބަރ 7934641 އާއި ހިއްސާކުރައްވަން އެ ހޮސްޕިޓަލުން އެދެއެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް