ގދ ވާދޫ ބަދަރު ސަރަހައްދުގައި ކުޑަކުދިންގެ ޕާކެއް ތަރައްގީ ކުރާނެ ފަރާތެއް ހޯދަންް އިއުލާނު ކޮއްފިއެވެ.
އެރަށު ކައުންސިލުން ގެޒެޓު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާގޮތުން މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެ އިދާރާގެ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީވާން ޖެހޭނެވެ. އަދި މައުލޫމާތު ސާފްކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނީވެސް އީމެއިލްގެ ޒަރިއްޔާއިންނެވެ. އަދި މިކަމަށް ކުރިމަތި ލެވޭނީ ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ.
19 ނޮވެމްބަރު 2020 ވަނަ ދުވަހު 13:00ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވާން ޖެހޭއިރު މައުލޫމާތު ސާފްކުރުމުގެ ސުންގަޑިއަކީ މި ހިނގާ ނޮވެމްބަރު 24 ވަނަ ދުވަހު 13:00އެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ 30 ނޮވެމްބަރު 2020 ވަނަ ދުވަހު 13:00އެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު އެ އިދާރާއިން ލިބެން ހުންނާނެ ކަމަށް އެ އިއުލާނުގައި ވެއެވެ.
ގދ.ވާދޫ ގެ އިތުރުން ހުވަދޫއަތޮޅުގެ އިތުރު 8 ރަށެއްގައި ޕާރކު ތަރައްޤީ ކުރުމުގެ މަސައްކަތް މި ސަރުކާރުން ގެންދަނީ ކުރަމުންނެވެ.