
ގދ.އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ނާސްތާ ފޯރުކޮށް ދޭނެފަރާތެއް ހޯދަނީ
# އިއުލާން# ގދ.އަތޮޅު މަދަރުސާB8ADBDA2-9619-4300-AF29-3F827829D6E8
ގދ.އަތޮޅު މަދަރުސާގެ ހެނދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ފަށައިފިއެވެ.

މިއަދު ގދ.އަތޮޅު މަދަރުސާއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ދަރިވަރުންނަށް ހެނދުނު ނާސްތާ ފޯރުކޮށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން، މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ފެބުރުއަރީ 7 އިން 2021 ފެބުރުއަރީ 11 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ގދ.އަތޮޅު ސްކޫލުގެ އިދާރާއަށް ވަޑައިގެން ނުވަތަ މެސެޖު އަދި އީމެއިލް އެއް ފޮނުއްވައިގެން ނަންނޯޓް ކުރެއްވުން އެދޭކަމަށް އެ ސްކޫލުން ނެރެފައިވާ އިއުލާނުގައި ވެއެެވެ. މީގެ އިތުރުން، އެމަސައްކަތާއި ގުޅޭ ބީލަން ފޮތް ނަންނޯޓް ކުރައްވާ ފަރާތްތަކަށް އެ އިދާރާއިން އީމެއިލްގެ ޒަރިއްޔާއިން ފޮނުވާނެ ކަމަށް ވެސް އެ ސްކޫލުގެ ނެރެފައިވާ އިއުލާނުގައި ބުނެފައިވެއެވެ.
މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2021 ފެބުރުއަރީ 15 ވާ ހޯމަ ދުވަހުގެ 10:00 ގައި އެ ސްކޫލުގައި އޮންނަ އިރު އެ މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ފެބުރުއަރީ 14 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް ލިޔުމުން ފޮނުއްވުންއެދޭކަމަށްވެސް އިއުލާނުގައި ވެއެވެ.
ދަރިވަރުންނަށް ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތައް ބީލަން ހުޅުވުން އޮންނާނީ 2021 ފެބުރުއަރީ 18 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ޖާހާއިރު ގދ.އަތޮޅު މަދަރުސާގައެވެ.
ގދ. އަތޮޅުމަދަރުސާ އަކީ 1985 ވަނަ އަހަރު ވުޖޫދަށް އައި ސްކޫލެކެވެ. ގްރޭޑް އެކަކުން ފެށިގެން 10 އަކާއި ހަމަޔަށް ކިޔަވައިދޭ މިސްކޫލުގައި ޖުމްލަ 319 ދަރިވަރުން ތައުލީމު ހާސިލް ކުރެއެވެ.