ކާއްޑެ ސްޕޯރޓްސް އެކަޑަމީގެ މީޑިއާ ޕާރޓްނަރަކަށް ގާފު

ކާއްޑެ ސްޕޯރޓްސް އެކަޑަމީގެ އޮންލައިން މީޑިއާ ޕާރޓްނަރަކަށް ގާފު އޮންލައިން ހަމަޖައްސައިފި އެވެ.
މިއަދު ގދ.ހޯޑެއްދޫގ ފުޓްބޯޅަ ދަނޑުގައި އޮތް އެ އެކަޑަމީގެ ފުޓްބޯލް ކޯޗިންގ ޕޫލް ނިންމުމުގެ ރަސްމިއްޔާތުގައި އޮންލައިން މީޑިއާ ޕާޓްނަރަކަށް ގާފު އޮންލައިން ހަމަޖެއްސެވުމަށް ދެފަރާތުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެގޮތުން ކާއްޑެ ސްޕޯރޓްސް އެކަޑަމީގެ ފަރާތުން ސޮއި ކުރެއްވީ އެ ޖަމިއްޔާގެ ރައީސް  ހާތިމް އަހުމަދުއެވެ. އަދި ގާފު މީޑިއާ ގްރޫޕްގެ ފަރާތުން ސޮއި ކުރެއްވީ ގާފު އޮންލައިންގެ މެނޭޖިންގ އެޑިޓަރ ހުސައިން ޝިނާންއެވެ.

ގދ ހޯނޑެއްދޫ އަށް ނިސްބަތްވާ ކާއްޑޭ ސްޕޯޓްސް އަކީ ފުޓްބޯޅައިގެ އިތުރުން ހޭންޑްބޯލް ފަދަ އެހެނިހެން ކުޅިވަރު ޓްރައިނިންގ ތައް ކުރިޔަށް ގެންދިޔުމުގެ ހުއްދަ އޮތް ކުޅިވަރު ކްލަބެކެވެ.

2020 ގައި ރަޖިސްޓްރީކުރެވި ވުޖޫދަށް އައި ކާއްޑޭ ސްޕޯޓްސްއިން މިހާރު އެންމެ ބޮޑަށް އިސްކަންދީގެން ކުރިއަތް ގެންދަނީ ހަމައެކަނި ފުޓްބޯޅައިގެ ޓްރެއިނިންގ ޕްރޮގްރާމްތަކެވެ.

މި އެކަޑެމީ ގެ މައިގަނޑު މަގްސަދަކީ ހޯނޑެއްދޫގެ އިން އަޙްލާގު ރަނގަޅު ކުޅުންތެރިންތަކެއް ބިނާކޮށް އެ ކުޅުންތެރިން ރަށު ފެންވަރުގައާއި އަތޮޅު އަދި ގަޢުމީ ފެންވަރުގައި ވާދަކުރެވޭނެ ކުޅުންތެރިންތަކަކަށް ހަދައި އެރަށުގައި ކުރިމަގު އުޖާލާ ކުރާނެ ޒުވާން ޖީލެއް ބިނާ ކުރުމެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް