ބޭނުންވަނީ އޭޕްރީލް 10 ގައި އިންތިޚާބު ބާއްވަން: ރައީސް ނަޝީދު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު މިހާރު ބޭއްވުމަށް ކަނޑައެޅިފައިވާ ދުވަހަށް ބޭއްވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިލްތިމާސް ކުރައްވައިފިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިމިވަނީ، ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމުން އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިންގެ ސަބަބުން އިންތިޚާބު އަވަހަށް ބޭއްވިދާނެ ކަމާ މެދު އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.

"ކައުންސިލްތަކުގެ އިންތިޚާބު ލަސް ކުރުމަށް ސަބަބާއި ހުއްޖަތް ހޯދުމަށް ވުރެ ބޮޑަށް އެދެވެނީ މިހާރު އޮތް ދުވަހަށް އެ ކަން ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް" – ރައީސް ނަޝީދު

މިމަހުގެ 19 ވަނަ ދުވަހު އިންތިހާބު ބޭއްވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނެސް ބިލް ފާސްކޮށްފައިވާއިރު، އިންތިހާބުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ. އަދި އެ އިންތިހާބު ބޭއްވުމަށް ނިންމާފައިވާ ތާރީހަކީ އެޕްރީލް މަހުގެ 10 ވަނަ ދުވަހެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް