








Thinadhoo covid sample
ގދ. ތިނަދޫގައި ކޮވިޑް19 އަށް ޓެސްޓުކުރުމުގެ ގޮތުން ރޭންޑަމް ސާމްޕަލް ނަގަން ފަށައިފިއެވެ.
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި، ދާދި ފަހުން ތިނަދޫން މާލެ ދިޔަ ދެ ފަރާތެއް ކޮވިޑަށް ފައްސިވުމާ ގުޅިގެން ރަށުގެ ހާލަތު ދެނެގަތުމަށް ރޭންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެގޮތުން މިއަދާއި މާދަމާ ރަށުގެ އެކި ސަރަހައްދުތަކުގައި ސާމްޕަލް ނަގާނެ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
ތިނަދޫން ފުރައިގެން ދިޔަ 2 މީހަކު ކޮވިޑް19 އަށް ފައްސިވުމާ ގުޅިގެން އެ ރަށް މޮނިޓަރިންގ އަށް ލުމަށްފަހު މޮނިޓަރިންގ ހާލަތު އުވާލީ އިއްޔެ އެވެ. އެ ރަށް މޮނިޓަރިން ހާލަތުން ނަގާފައިވަނީ ފައްސިވި 2 ފަރާތާ ޑައިރެކްޓް ކޮންޓެކްޓްވި 18 މީހެއްގެ ސާމްޕަލް ނެގުމަށްފަހު އެ 18 މީހުންގެ ސާމްޕަލްތަކުގެ ނަތީޖާ ކޮވިޑް19 އަށް ނައްސިވުމާ ގުޅިގެންނެވެ.
ތިނަދޫން ފުރައިގެން ދިޔަ ފަހުން ފައްސިވި 2 މީހުންނަކީ ސަރުކާރުގެ ޚާއްސަ ހުއްދައިގެ ދަށުން އެރަށަށް ދިޔަ ދެ މީހެކެވެ.








