
ސަރކިޓް ކޯޓް ތަޢާރަފް ކުރަނީ
# އިބްރާހިމް މުހައްމަދު ސޯލިހް# ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް# ރައްޔިތުންގެ މަޖިލިސް# ރިޔާސީ ބަޔާންEtWv35PVEAErfaA
ސަރކިޓް ކޯޓް ތަޢާރަފް ކުރުމަށް ބޭނުންވާ ޤާނޫނުގެ ބިލު އެކުލަވާލައި، މިއަހަރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅަން ޤަޞްދުކުރައްވާކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޚް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުންނެވެ. ރައީސް ވިދާޅުވިގޮތުގައި ސަރކިޓް ކޯޓް ތަޢާރަފް ކުރުމަށް ޤަޞްދުކޮޮށްފައިވަނީ ޝަރުޢީ މަރުޙަލާ އަވަސްކޮށް، އިންޞާފު ލިބޭނެ އިންތިޒާމް ކަށަވަރުކުރުމަށްޓަކައި ކަމަށެވެ.
މީގެ ދެ އަހަރު ކުރިން ވެރިކަމާ ހަވާލުވިއިރު، ޢަދުލު އިންޞާފުގެ ނިޒާމަށް، ރައްޔިތުންގެ ހިތުގައި އެއްވެސް އިތުބާރެއް ނެތް ކަމަށާއި ފަނޑިޔާރުގެ އިޞްލާޙުކުރުމަށް މިދިޔަ 2 އަހަރު ކުރި މަސައްކަތުގެ ނަތީޖާ ފެންނަން ފަށައިފި ކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި ހަމައެއާއި އެކު ދައުލަތުގެ އެހެން ބާރުތަކުގެ ނުފޫޒުން މިންޖުވެ، މައްސަލަތައް ނިންމުމުގެ މިނިވަންކަން، އެންމެ މަތީ ކޯޓުން ފެށިގެން އެންމެ ދަށު ކޯޓާ ހަމައަށް، މިހާރު އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.
ރައީސްގެ ރިޔާސީ ބަޔާނުގައި ވަނީ މިއަހަރަށް ސަރުކާރުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ އިގްތިސާދީ އަދި އުމްރާނީ މަޝްއޫއުތަށް އިއުލާންކުރައްވާފައިއެވެ.
ގުޅުންހުރި

ދެ އިންތިހާބު އެއް ދުވަހަކު ބޭއްވުމުން ފައިދާ ބޮޑުވާނީ ރައްޔިތުންނަށް- ޤާސިމް

ރާއްޖޭގައި އިލެކްޓްރޯނިކް ޕެޓިޝަން ޕޯޓަލެއް އަލަށް ތައާރަފުކޮށްފި

ޞުލްޙައިގެ އެއްބަސްވުންތަކަކީ ޤާނޫނީ އަދި ދުސްތޫރީ އޮނިގަނޑެއްގެ ތެރޭގައި ހިމެނިފައިވާ ކަންކަމަށް ވާންޖެހޭނެ - ނާޒިމް

.gif&w=3840&q=75)



