
4206
މަސްވެރިކަމަށް ނުކުމެ އުޅުނު "ހަނދުވަރީ" ނަމަކަށް ކިޔާ މަސް ދޯންޏެއްގައި ހުރި މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އަނިޔާވެފައިވަނީ 43 އަހަރުގެ މަސްވެރިއަކަށެވެ.
ހއ.އިހަވަންދޫގެ އިރުން 18 ނޯޓިކަލް މޭލު ބޭރުން އެ ދޯނި މަސްވެރިކަން ކުރަމުން ދަނިކޮށް ހިނގި މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއަށް ލިބުނީ މިއަދު 11:14 ހާއިރުއެވެ.
އަދި، ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ސީ އެމްބިއުލާންސް، އެ ދޯނި އޮތް ސަރަހައްދަށް ގޮސް، އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
އެގޮތުން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ސީ އެމްބިއުލާންސްގައި އަނިޔާ ލިބުނު މީހާ ވަނީ މިއަދު 13:31 ހާއިރު ހދ.ކުޅުދުއްފުއްޓަށް ގެންގޮސްދީފައެވެ. އެމީހާއަށް މިހާރު އަންނަނީ އެހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ގުޅުންހުރި

ކާށިދޫ ކަނޑަށް އިންޖީނު ހުއްޓުނު "ލައިފްލައިން" ބޯޓު، އެހެން އުޅަނދެއްގައި ކަފުޖަހައިގެން ނައިފަރަށް ގެންދަނީ
%20(2).webp&w=3840&q=75)
10 މީހުންނާއިއެކު ނައިފަރަށް ދަތުރުކުރަމުންދިޔަ ބޯޓެއް ކާށިދޫ ކަނޑަށް އިންޖީނު ހުއްޓިގެން ސިފައިން ހަރަކާތްތެރިވަނީ

މިނިވަންދުވަހު ސިފައިންގެ ޝަރަފުގެ ހިގާލުން މާލޭގައި، 27 ވަނަ ދުވަހު ހުޅުމާލޭގައި!
%20(1).webp&w=3840&q=75)