%20(1).webp&w=3840&q=75)
-
ސީޕްލޭން ޕްލެޓްފޯމް ކަނޑައިގެންގޮސް އޮޔާދާތީ ސަމާލުވާން އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފުން މިރޭ ބުނީ ރ.މާމުނަގާ ރިސޯޓްގެ ފަޅުތެރޭގައި އަޅާފައި އޮތް ސީޕްލޭން ޕްލެޓްފޯމް ކަނޑައިގެންގޮސް އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.
އެގޮތުން މި ޕްލެޓްފޯމް އޮޔާދާނެކަމަށް ލަފާކުރެވެނީ ކާށިދޫ ކަނޑުތެރެއަށް ކަމަށާއި އެހެންކަމުން މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަންދެއްވުމަށް އިލްތިމާސްކުރާ ކަމަށް ވަނީ ބުނެފައި އެވެ.
އަދި ޚާއްޞަކޮށް ރޭގަނޑު ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށްވެސް ވަނީ ސިފައިން އެދިފައި އެވެ.
ގުޅުންހުރި

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ފައިނުގައި "މޫދުކަސްރަތު" ޕްރޮގްރާމް ހިންގައިފި

ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ނަޝީދު، ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވައިފި

އެމްއެންޑީއެފްގެ ޤައުމީ ލަވަ އަލްބަމް ނެރެފި
