%20(2).webp&w=3840&q=75)
10 މީހުންނާއިއެކު ނައިފަރަށް ދަތުރުކުރަމުންދިޔަ ބޯޓެއް ކާށިދޫ ކަނޑަށް އިންޖީނު ހުއްޓިގެން ސިފައިން ހަރަކާތްތެރިވަނީ
# އެމްއެންޑީއެފް-
10 މީހުންނާއިއެކު ނައިފަރަށް ދަތުރުކުރަމުންދިޔަ ބޯޓެއް ކާށިދޫ ކަނޑަށް އިންޖީނު ހުއްޓިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ 40 މީހުންނާއެކު މާލެއިން ފުރައިގެން ޅ.ނައިފަރަށް ދަތުރުކުރި ބޯޓެއް، ކާށިދޫގެ އިރުން އިންޖީނު ހުއްޓުނު ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.
އަދި އެ ބޯޓުގައި ތިބި އަންހެނުންނާއި ކުޑަކުދިން ނައިފަރަށް ގެންގޮސްދިނުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ދަނީ ހަރަކާތްތެރިވަމުންކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
މި ދުވަސްވަރު ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެފައިވާކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ މޫސުމަށް ސަމާޅުވުމަށް ސިފައިންވަނީ އިލްތިމާސްކޮށްފައެެވެ. އެގޮތުން ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާ އިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށާއި ރޭގަނޑު ދަތުރުނުކުރެއްވުމަށާއި، މޫސުން ތަންނުދޭ ނަމަ، މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކޮށްލެއްވުމަށް އަދި މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރުނުކުރެއްވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ގުޅުންހުރި

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް

މާލޭގެ ގެއެއްގެ ޓެރަސްމަތީ ހުރި ކުނިތަކެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް!

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ފައިނުގައި "މޫދުކަސްރަތު" ޕްރޮގްރާމް ހިންގައިފި
