ރާއްޖޭގެ އިތުރު 5 ރަށެއްގައި އެއާޕޯޓު އެޅުމަށް މިއަހަރުގެ ތެރޭ މަސައްކަތް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ ތަރައްޤީ ލާމަރުކަޒު ކުރުމުގެ ނާރެހަކީ، ފަސޭހަ ދަތުރުފަތުރުގެ ނިޒާމަކުން ރަށްތައް ގުޅައިލުން ކަމަށެވެ. އެގޮތުން މި އަހަރުގެ ތެރޭގައި އިތުރު 5 ރަށެއްގައި އެއަރޕޯޓް ހެދުމަށް ޤަޞްދުކުރައްވާ ކަމަށާއި އޭގެ ތެރެއިން، މ. މުލީގައި ތަރައްޤީކުރަން ހަމަޖެހިފައިވާ އެއަރޕޯޓުގެ މަސައްކަތް، މިމަހުގެ ތެރޭގައި ބަޔަކާ ޙަވާލުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެއާޕޯޓު އަޅަން ނިންމާފައިވާ ރަށްތައް:
- މ. މުލި
- ހދ. މަކުނުދޫ
- ށ. ބިލެއްފަހި
- ބ. ތުޅާދޫ
- ތ. ވިލިފުށި
ތަފްސީލް އަންނަނީ….
Post Views: 507