ޚާއްސަ ނަމާދުތައް ކުރުމުގެ އިމްތިހާނު އޮންލައިންކޮށް ބާއްވާ ގޮތަށް ހަމަޖައްސައިފި

ކައުންސިލްތައް މެދުވެރިކޮށް ޚާއްސަ ނަމާދުތައް އިމާމުވެ ހުރެ ކުރުމުގެ ހުއްދަ ލިބޭ އިމްތިހާނު އޮންލައިންކޮށް ބޭއްވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

އެ ކަން އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ އެވެ. ހުއްދައަށް އެދޭފަރާތް އޮންލައިންކޮށް އިމްތިޙާންކުރާނީ "ރާއްޖޭގައި އިމާމުވެ ހުކުރުނަމާދާއި، ޢީދުނަމާދާއި، ކޭތަނަމާދު ކުރުމުގެ ހުއްދަ ދިނުމުގެ އުސޫލު" ގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުފުރިހަމަވާ ފަރާތްތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅާ ކޮމެޓީއަކުންނެވެ. އަދި އިމްތިޙާންކުރުމަށް އެދޭ ފަރާތް އިމްތިޙާނުކުރެވޭނީ، ދައުލަތުގެ އިދާރާއަކަށް ޙާޟިރުވެ ހުރެ، އެ އިދާރާއެއްގެ މުވައްޒަފެއްގެ ޙާޟިރުގައި އިލެކްޓްރޯނިކް ވަޞީލަތްތައް ބޭނުންކޮށްގެން ވީޑިއޯ ކޮންފަރެންސްކޮށެވެ. އަދި އިމްތިޙާންކުރެވޭ ފަރާތް ކެމެރާއަށް ޙާޟިރުވެ ހުންނަންޖެހެއެވެ.

އިމްތިޙާނު ކުރުމަށްފަހު އިމްތިޙާނުން ފާސްވާ ފަރާތްތަކަށް ހުކުރު ނަމާދާއި، ޢީދުނަމާދާއި، ކޭތަނަމާދު ކުރުމުގެ ދާއިމީ ހުއްދަ ދެވިގެންދާނެއެވެ. އޮންލައިންކޮށް އިމްތިޙާނު ކުރުމުގައި "ރާއްޖޭގައި އިމާމުވެ ހުކުރުނަމާދާއި، ޢީދުނަމާދާއި، ކޭތަނަމާދު ކުރުމުގެ ހުއްދަ ދިނުމުގެ އުސޫލު" ގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތު ތަކުގެ އިތުރުން އިމްތިޙާނުކުރެވޭ ފަރާތަކީ އެކަމަށް އެދުނު ފަރާތްކަން ކަށަވަރުކުރުމުގެ އިތުރުން ވީޑިއޯ އާއި އަޑު ސާފު ވަސީލަތެއް ބޭނުންކުރަން ޖެހެއެވެ.

ކޮވިޑް-19 ގެ މި ދަތި ހާލަތުގައި، މިނިސްޓްރީއަށް ހާޒިރުވުމަކީ އެންމެ ފަސޭހަކަމަށް ނުވާތީ މި އިމްތިހާނު އޮންލައިންކޮށް ގެންދިޔުމުގެ ހުރިހާ އިންތިޒާމެއް އިސްލާމިކް މިނިސްޓްރީއިން ވަނީ ހަމަޖައްސާފައެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް