logoEN
Sto top
ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕު އެނބުރި އައުން މާދަމާ މެންދުރު!

ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕު އެނބުރި އައުން މާދަމާ މެންދުރު!

އަހުމަދު ޝުރާއު

logo

6/12/2025, 5:47:48 PM

# އިސްލާމިކް މިނިސްޓްރީ

-

މިއަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރި ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕުގެ ހައްޖުވެރިން މާދަމާ މެންދުރު ރާއްޖޭގެ އަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

Wamco

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ސައުދީއަށް ދިޔަ ފުރަތަމަ ގްރޫޕުގެ ހައްޖުވެރިން ރާއްޖެ އެނބުރި އަންނާނީ ރާއްޖެ ގަޑިން މާދަމާ 14:00 ގައި ކަމަށެވެ.

ޙައްޖުވެރިން އެނބުރި އައުމަށް ހަމަޖެހިފައިވަނީ 4 ފްލައިޓަކަށް ބަހާލައިގެންނެވެ. އެގޮތުން ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓު ރާއްޖެއަށް އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އަދި ދެ ވަނަ ފްލައިޓު މި މަހުގެ 14 ވަނަ ދުވަހު އައުމަށް ހަމަޖެހިފައިވާއިރު ތިން ވަނަ ފްލައިޓުގެ ޙައްޖުވެރިން އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އަދި ފަހު ފްލައިޓުގެ ޙައްޖުވެރިން ރާއްޖެއަށް އެނބުރި އަންނާނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

ހައްޖުވެރިން އެނބުރި މާލެ އަންނައިރު މަރުހަބާ ކިޔަން ވީހާ ވެސް މަދުން އެއާޕޯޓަށް މީހުން ދިއުމަށާއި ހައްޖުން އައިސް އެއްވުންތަކަށް ނުގޮސް މަޑުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ދިވެހި ހުރިހާ ޙައްޖުވެރިން ޙައްޖުގެ އަޅުކަންތައް ފުރިހަމަ ކުރުމަށްފަހު މިހާރު ވަނީ މަދީނާއަށް ގޮސްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside