
ރިސޯޓު މުވައްޒަފުން ވެކްސިން ޖެހުމަށް ރެޖިސްޓްރީ ވާން ހުޅުވާލައިފި
# ކޮވިޑް19# ވެކްސިން# މިނިސްޓްރީ އޮފް ޓޫރިޒަމް# ރިސޯޓް މުވައްޒަފުންAmari-Havodda-Maldives-Arrival-Jetty-with-Boduberu-team-2
ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ކޮވިޑް-19 ވެކްސިން ޖެހުމަށް ރެޖިސްޓްރީ ވާން ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފިއެވެ.

އެގޮތުން ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ވެކްސިން ޖަހަން ބޭނުންވާ މީހުންގެ ނަމާއި އުފަން ތާރީހާއި އައިޑީކާޑު ނަންބަރުގެ އިތުރުން ވަޒީފާ އަދާކުރާ ޑިޕާޓްމަންޓާއި މަގާމާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް މައުލޫމާތު ފޮނުވަން ޓޫރިޒަމް މިނިސްޓްރީން އިން ވަނީ އެދިފައެވެ.
އަދި ބިދޭސީ މުވައްޒަފުން ޕާސްޕޯޓް ނަންބަރާއި ވޯކްޕާމިޓް ނުވަތަ ވިސާ ނަންބަރު ވެސް ރެޖިސްޓްރީއަށް ބޭނުންވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ސަފާރީ އާއި ހޮޓާތަކުގެ އިތުރުން ގެސްޓްހައުސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށްވެސް ވެކްސިން ޖެހުމަށް ރެޖިސްޓްރީ ކުރެވޭއިރު، ރެޖިސްޓްރީވާން މައުލޫމާތު ފޮނުވަން ޖެހެނީ [email protected] އަށެވެ.
ގުޅުންހުރި

އެގްރިކަލްޗަރ އިކޮނޮމިކް ޒޯން ވާނީ ޓެކްނޮލޮޖީން މުއްސަނދި ފަޚުރުވެރި މަޝްރޫއުއަކަށް: ސައީދު

ހޯއްގޮވާ ކެއްސުމުން ރައްކާތެރިވުމަށް ވެކްސިން ޑޯޒްތައް ފުރިހަމަކުރުމަށް އިލްތިމާސްކޮށްފި

18 އަހަރުން މަތީ މީހުންނަށް ކޮވިޑް ވެކްސިންގެ 4 ވަނަ ޑޯޒު ދޭން ފަށައިފި
