logoEN
cocacola
ރާއްޖޭގައި މިހާރު ފެތުރެމުންދަނީ އާ ވޭރިއަންޓެއް

ރާއްޖޭގައި މިހާރު ފެތުރެމުންދަނީ އާ ވޭރިއަންޓެއް

Admin

logo

2/2/2021, 6:49:47 PM

# ކޮވިޑް19

covid sample

ރާއްޖޭގައި މިހާރު ފެތުރެމުންދަނީ ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުން އަންނަ އައު ވޭރިއެންޓުކަމަށް ބެލެވޭ ކަމަށް ޕަބްލިކް ހެލްތު ސްޕެޝަލިސްޓް ޑރ. ޝީނާ މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ސަރުކާރުން ކުރިއަށް ގެންދިޔަ ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑޮކްޓަރު ޝީނާ ވިދާޅުވީ، މިދިޔަ ޑިސެމްބަރ މަހުން ފެށިގެން ކޮވިޑް-19 ފެތުރޭ މިންވަރު އަނެއްކާވެސް އިތުރުވާން ފަށާފައިވާ ކަމަށް ފެންނަ ކަމަށާއި އެގޮތަށް އިތުރުވާން ދިމާވެފައިވަނީ މި ބަލީގެ އާ ވައްތަރެއް ރާއްޖޭގައި އުޅޭތީ ކަމަށެވެ. އަދި ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އާ ވޭރިއަންޓުތަކާއެކު ބަލި ފެތުރުން އަވަސްވެގެން ދިޔަ ކަމަށާއި، ރާއްޖޭގައިވެސް ފެންނަމުންދަނީ އެފަދަ ހާލަތެއް ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19ގެ އާ ވައްތަރުތައް ފެނިފައިވާ ކަމަށް ހާމަ ކުރިނަމަވެސް، އެއީ ކޮން ވައްތަރެއް ކަމަށާއި އެއީ ކޮން ގައުމަކުން ފެނިފައިވާ ވައްތަރެއް ކަމެއް ސަރުކާރުން ހާމަ ކޮށްފައެއް ނުވެއެވެ.

ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި، ހާއްސަކޮށް މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާތީ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ކުރިއަށް އޮތް ދެ ހަފްތާއަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އަނެއްކާވެސް ހަރުކަށިކޮށްފަ އެވެ.

ބަލި ޖެހޭ މީހުންގެ ނިސްބަތް އިތުރުވާން ފެށުމުން އެޗްޕީއޭއިން ފިޔަވަަޅުތައް ވަރުގަދަ ކޮށް، މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 12 އިން ފެށިގެން ފަތިހު ހަތަރަކަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަަށް ނިކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ. އެ ފިޔަވަޅު އިތުރަށް ހަރުކަށިކޮށް، އެޗްޕީއޭ އިން މިއަދު ވަނީ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ދުއްވުން ރޭގަނޑު 8.30 އިން ފެށިގެން ފަތިހު 4.30 އަށް މަނާކޮށްފަ އެވެ.

އަދި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް ކުރިއަށް އޮތް ދެ ހަފްތާއަށް ކާފިއު އިއުލާނުކުރަން ނިންމައިފަ އެވެ.

ކަސްރަތު ކުރާ މީހުންނާއި އުމުރުން ދުވަސް މީހުންނަށް ފިޔަވައި، ޕާކުތައްވެސް ވަގުތީ ގޮތުން ބަންދުކުރަން އަންގާފައިވާއިރު، ގިނަ ބަޔަކު އެއްވެގެން ކުރިއަށް ގެންދާ ކުޅިވަރު ހަރަކާތްތަކާއި ޓީމު ކުޅިވަރުތައް ވެސް މިހާރު ވަނީ މަނާކޮށްފަ އެވެ.

މީގެ އިތުރުން، ކުރު މުއްދަތަކަށް ޒަރޫރީ ބޭނުމެއްގައި އަތޮޅު ތެރެއަށް ދަތުރުކުރާ ފަރާތްތަކަށް ކޮވިޑް-19 އިގެ ނެގެޓިވް ޕީސީއާރު ނަތީޖާއެއް ބޭނުންވާނެކަމަށް އެޗްޕީއޭއިން އުސޫލަށް ގެނައި ބަދަލުގައި ބުންޏެވެ. އަދި ނާސަރީ އާއި ޕްރީ-ސްކޫލް ހިދުމަތްދޭ ތަންތަން ބަންދުކުރުމުގެ އިތުރުން ޔުނިވާސިޓީތަކާއި ކޮލެޖުތައް އޮންލައިންކޮށް ކިޔަވައި ދިނުމަށް ވަނީ އަންގައިފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ