ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކުގައި ވެކްސިން ދޭން ފަށަނީ

ރައީސް ސޯލިހު ވެކްސިން ޖައްސަވަނީ ---

ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކުގައި ކޮވިޑް19 ވެކްސިން ދޭން މާދަމާ ފަށާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް މިއަދު ވިދާޅުވެއްޖެ އެވެ.

ޑރ. ނަޒްލާއާ ހަވާލާދީ އޮންލައުން ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މާދަމާއިން ފެށިގެން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކުގައި ވެކްސިން ދޭން ފަށާނެ އެވެ. އަދި މާދަމާ ނޫން އަނެއް ދުވަހުން ފެށިގެން ހުރިހާ ހެލްތް ސެންޓަރުތަކެއްގައި ވެކްސިން ދޭން ފަށާނެ އެވެ.

ކޮވިޑުން ދިފާއުވާން އިއްޔެ ފެށި ވެކްސިން ޕްރޮގްރާމްގައި އަމާޒަކީ ރާއްޖޭގައި ތިބި ހުރިހާ ހެލްތު އަދި އަދި ސޯޝަލް ވޯކަރުންނަށް 10 ދުވަސް ތެރޭގައި ވެކްސިން ޖެހުމެވެ. މިހާރު އެ ވެކްސިން ދެމުން ދަނީ ކުޅުދުއްފުއްޓާއި މާލެ އަދި އައްޑޫގައެވެ.

ސިއްހީ ޚިދުމަތްތެރިން ނިމުމުން ދެން އެންމެ އިސްކަންދޭން ޖެހޭ ގްރޫޕްތަކަށް މިހާރު ހުރި ވެކްސިން ޖަހާނެ އެވެ. މުޅި ރާއްޖޭގައި ކޮވިޝީލްޑުގެ ފުރަތަމަ ޑޯޒް ދީ ނިމޭނެ ދުވަހެއް އަދި ނޭނގެ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ދިރިއުޅޭ 18 އަހަރުން މަތީ މާބަނޑު އަންހެނުން ފިޔަވައި ހުރިހާ އެންމެންނަށް ވެކްސިން ދިނުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް