logoEN
cocacola
ކޮވިޑް19ގެ ތިން ވަނަ ރާޅު ނަގައިފި - ޑރ. ނަޒްލާ

ކޮވިޑް19ގެ ތިން ވަނަ ރާޅު ނަގައިފި - ޑރ. ނަޒްލާ

# ކޮވިޑް19# ޑރ. ނަޒްލާ

nazla HPA

ރާއްޖޭގައި ކޮވިޑް19ގެ ތިން ވަނަ ރާޅު ނަގާފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް މިއަދު ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ޑރ. ނަޒްލާ ވިދާޅުވީ ބަލި ޖެހޭ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވާން ފަށާފައިވާކަމަށާއި ބަލި ޖެހޭ އަދަދު މަދުކުރަން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ސަމާލުކަންދޭން ޖެހިފައިވާކަމަށެވެ. އަދި ސިއްހީ ދާއިރާއަށް އަނެއްކާވެސް ބުރަ ބޮޑުވަމުންދާ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ. އެގޮތުން ބަލި މީހުން ބައިތިއްބަން އިތުރު ޖާގަ ބޭނުންވާތީ ފަރުކޮޅުގެ ފެސިލިޓީގައި ބަލި މީހުން ބޭތިއްބޭނެ އިންތިޒާމް ހަމަޖައްސަމުން އަންނަ ކަމަށާއި ކޭސްތައް ކޮންމެ ދުވަހަކު ގިނަވެ އެޑްމިޓްކުރަން ޖެހޭ އަދަދު އިތުރުވަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެޗްޕީއޭ އިން ރޭ އާއްމުކުރި 24 ގަޑިއިރުގެ ހިސާބުތަކުގައި ވަނީ 215 މީހުން ޕޮޒިޓިވްވެފަ އެވެ. މި ހަފުތާގައި ޕޮޒިޓިވްވާ ރޭޓު ކޮންމެ ދުވަހަކު ވެސް 200 އިން މަތީގައި އުޅޭއިރު، މިއީ ރާއްޖޭގެ ހާލަތު މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އެންމެ ގޯސްވި އިރު ޕޮޒިޓިވް އަދަދެވެ. ބަލި ޖެހިގެން 184 މީހަކު އެޑްމިޓްކޮށްފައި އެބަތިއްބެވެ.

ރާއްޖޭގައި މިހާތަނަށް 16،000 އަށް ވުރެން ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު މި ބަލީގައި 52 މީހަކު ވަނީ މަރުވެފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ