
White Alert
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ކ. އަތޮޅުން ފެށިގެން ހުވަދު އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން އެސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 07:15 އިން މެންދުރު 13:15 އާ ހަމައަށެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ހުދު ސަމާލު ނެރެފައިވާ ސަރަހައްދަށް އެގަޑިތަކުގައު ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސް މި ދުވަސްވަރުގައި ހުރިހާފަރާތްތަކުންވެސް ހާއްސަކޮށް ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.