logoEN
cocacola
ކުރިއަށް އޮތް ހަމަސް ތެރޭގައި ކޮވިޑުން ސަލާމަތް ވުމަކީ އަމާޒެއް - ރައީސް

ކުރިއަށް އޮތް ހަމަސް ތެރޭގައި ކޮވިޑުން ސަލާމަތް ވުމަކީ އަމާޒެއް - ރައީސް

# ކޮވިޑް19# ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް# ކޮވިޑް ވެކްސިން

ibrahim Mohamed solih

ކުރިއަށް އޮތް ހަމަސް ތެރޭގައި ކޮވިޑްް-19 އިން ސަލާމަތްވުމަށްޓަކައި ހުރިހާ ރައްޔިތުންނަށް ވެކްސިން ލިބޭވަރު ވާނެ ކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޕްރޮގްރާމް ރާއްޖޭގައި މިއަދު ވަނީ ފަށާފައިވާއިރު، މި ޕްރޮގްރާމް ފެށުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ރައީސް ވިދާޅުވީ ކޮވިޑް-19 އާއެކު ކުރިމަތިވި ދަތިތަކުން އަރައިގަތުމަށް އެންމެންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަން ފާހަގަކުރައްވާފައެވެ.އަދި ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ދިވެހި ރައްޔިތުންނާއި ރާއްޖޭގައި ދިރިއުޅޭ އެހެނިހެން ގައުމުތަކުގެ މީހުންނަށް ވެސް ވެކްސިން ދިނުން ކަމަށެވެ.

ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކޮވިޑް-19އާ ހެދި ރައްޔިތުން އުޅެން ޖެހިފައިވާ ދަތި އުނދަދޫ ހާލަތުން އަރައިގަތުމުގެ މަގު ރާއްޖެއަށް ވެސް ފަހިވެފައިވާ ކަމަށެވެ. އަދި މި ވައިރަހުން ސަލާމަތްވުމަށް އޮތް ހަމައެކަނި ގޮތަކީ ވެކްސިން ކަމަށް ސިއްހީ މާހިރުން ދެއްވާ ލަފާ ގަބޫލުކުރަން ޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރާއްޖެއަށް އިންޑިއާ އިން އެއް ލައްކަ ޑޯޒްގެ ވެކްސިން ހިލޭ ހަދިޔާކޮށްފައިވާއިރު ސަރުކާރުން ވަނީ ހަތް ލައްކަ ޑޯޒްގެ ވެކްސިން ގަންނަން އެސްޓްރެޒެނެކާ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

މިއަދު ވެކްސިން ދޭން ފަށާފައި ވަނީ މާލެ އާއި އައްޑޫ ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީގަ އެވެ. މާލެ ސަރަހައްދުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ، އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލްގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ