
ދެރަށެއްގެ ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށް
# އިލެކްޝަންސް ކޮމިޝަން# ބައި އިލެކްޝަން# ލ. ކަލައިދޫ# ނ. މަގޫދޫFgx6PyEagAANcW1
ނ. މަގޫދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަނާއި، ލ. ކަލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފި އެވެ.

މި ދެ ބައި އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު 8 ޖެހިއިރު ފަށާފައިވާއިރު ވޯޓުލުން ހަވީރު 4 ޖެހުމާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
މި 2 ބައި- އިލެކްޝަންގައި ވޯޓުލުމަށްޓަކާ ޖުމްލަ 3 ފޮށްޓެއް އިލެކްޝަންސް ކޮމިޝަނުން ވަނީ ބަހައްޓާފައެވެ. އެއީ މަގޫދޫ ސްކޫލުގައި ބަހައްޓާފައިވާ ފޮށްޓަކާއި، ކަލައިދޫ ސްކޫލުގައި ބަހައްޓާފައިވާ ފޮށީގެ އިތުރުން، މާލޭގައި ދިރިއުޅޭ މި 2 ރަށުގެ ރައްޔިތުން ވޯޓުލުމަށްޓަކާ އިމާދުއްދީން ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮށްޓެކެވެ.
އަންހެނުންގެ ކޮމެޓީތަކުގެ ގިނަބައި އިލެކެޝަންތަކެއް ބާއްވާން ޖެހޭތީ ހަރަދުކުޑަކުރުމުގެ ގޮތުން ލޯކަލްކައުންސިލްތަކުގެ އިންތިހާބާ ބެހޭ ގާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ. އެ އިސްލާހުގައިވާގޮތުން އަންހެނުންގެ ކޮމެޓީތަކުގެ ބައި އިލެކްޝަންތައް ދެން ބާއްވާނީ އަހަރަކު އެއްފަހަރު އެވެ.