logoEN
ޕީއެންސީ 2
ޑަބްލިއުޑީސީގެ ބައިއިލެކްޝަންތައް އަހަރަކު އެއްފަހަރު ބޭއްވުމަށް ފާސްކޮށްފި

ޑަބްލިއުޑީސީގެ ބައިއިލެކްޝަންތައް އަހަރަކު އެއްފަހަރު ބޭއްވުމަށް ފާސްކޮށްފި

އަލްފާ އަލީ

logo

11/2/2022, 3:31:22 PM

# އިލެކްޝަންސް ކޮމިޝަން# ޑަބްލިއުޑީސީ

Majilis

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި- އިލެކްޝަންސްތައް އަހަރަކު އެއްފަހަރު ބާއްވާގޮތަށް ހެދުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ޝަރީ 2024

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުތަކުގެ ގާނޫނަށް މި އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ.

ބިލު ދިރާސާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީންނެވެ. ކޮމެޓީން ބިލު ފާސްކުރިގޮތަށް ތަޅުމުން ފާސްކޮށްފައިވަނީ 34 މެމްބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރަން ނުފެންނަކަމަށް ވޯޓު ދެއްވީ 2 މެމްބަރުންނެވެ.

މިހާރު ގާނޫނުގައި އޮންނަގޮތުން ނަމަ އަންހެނުންގެ ކޮމެޓީގެ މެމްބަރަކު އިސްތިއުފާދީފި ނަމަ ނުވަތަ ގޮނޑި ގެއްލިއްޖެ ނަމަ، 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަނެއް ބާއްވަން ޖެހެއެވެ. ފާއިތުވި އަހަރުތަކުގައި ގިނަ އަދަދެއްގެ ބައި އިލެކްޝަންތަކެއް ބާއްވާފައިވާއިރު، އެގޮތަށް އެކަން ކުރަން ޖެހުމަކީ ބޮޑު ޚަރަދެއް ހިނގާކަމެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން ކައުންސިލްތަކާއި، އަންހެނުންގެ ކޮމެޓީތަކަށް މެމްބަރުން އިންތިޚާބުވިފަހުން ފާއިތުވި ދެ އަހަރު ތެރޭގައި ބޭއްވުނު އިންތިޚާބުތަކަށް 3.7 މިލިޔަން ރުފިޔާ ޚަރަދު ވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ ބުނެފައެވެ.

މިހާރު ގެނެވުނު އިސްލާހާއެކު 365 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބޭއްވޭގޮތަށް ވަނީ ބަދަލުކުރެވިފައެވެ. އަދި ދެ ބައި-އިލެކްޝަން ދޭތެރޭ 300 އާއި 365 ދުވަހާއި ދެމެދުގެ މުއްދަތެއް އޮންނަންވާނެ ކަމަށް އިސްލާހުގައިވެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިތިހާބުތަކުގެ ގާނޫނަށް މި ގެނެވުނު އިސްލާހާއެކު ބައި އިލެކްޝަންތަކަށް ކުރަންޖެހޭ ހަރަދު ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ