
White Alert
ދެކުނުގެ ފަސް އަތޮޅަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ، ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދަށެވެ.
އެއިދާރާއިން މިއަދު ހެނދުނު 9:30 އިން ފެށިގެން މެންދުރުފަހު 15:30 އާ ހަމައަށް އެސަރަހައްދުތަކަށް ހުދުސަމާލު ނެރެފައިވަނީ، ބޯކޮށް ވާރޭވުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައެވެ.
މޫސުން ގޯސްވެ ކަނޑުތައް ގަދަވުމާއި ގުޅިގެން ކަމާބެހޭ އިދާރާތަކުން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަންދީގެން ސަލާމަތީ ކަންކަން ފުރިހަމަކުރުމަށްފަހު ދަތުރު ކުރުމަށް އިލްތިމާސްކޮށްފައެވެ.