logoEN
ކޮކާކޯލާ
މުބާރާތް ސިފަ ކުރެވެނީ ދުނިޔޭގެ ފެންވަރުގެ މުބާރާތެއްގެ ގޮތުގައި - ތޮލާލް

މުބާރާތް ސިފަ ކުރެވެނީ ދުނިޔޭގެ ފެންވަރުގެ މުބާރާތެއްގެ ގޮތުގައި - ތޮލާލް

# ކުޅިވަރު# އެތުލެޓިކްސް# އެތުލެޓިކްސް އެސޯސިއޭޝަން# އެސްޓީއޯ މަކިޓާ ނެޝަނަލް ޖޫނިއަރ ޗެމްޕިއަންޝިޕް 2022

GMG_3084

ގދ. ތިނަދޫގައި ބޭއްވި 13 ވަނަ އެސްޓީއޯ މަކިޓާ ނެޝަނަލް ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް 2022 ސިފަ ކުރެވިގެން ދިޔައީ ބައިނަލް އަގުވާމީ ފެންވަރުގައި ބޭއްވުނު ފަދަ މުބާރާތެއްގެ ގޮތުގައި ކަމަށް އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް، މުޙައްމަދު ތޮލާލް ވިދާޅުވެއްޖެ އެވެ.

އަބުޅޯ

ގދ. ތިނަދޫ ސްޓޭޑިއަމްގައި މިރޭ ބޭއްވި، އެ މުބާރާތް ނިންމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތޮލާލް ވިދާޅުވީ، އެ މުބާރާތު "މަންޒަރު ކުރެވެނީ" ރާއްޖެއިން ބޭރުގައި ބޭއްވޭ އެތުލެޓިކްސް ޗެމްޕިއަންޝިޕް މުބާރާތްތަކާ އެއް ފެންވަރުގައި ކަމަށެވެ. އެގޮތުން މި މުބާރާތް ސިފަ ކުރެވެނީ "ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕް" މުބާރާތާ އެއް ފެންވަރެއްގައި ބޭއްވުނު މުބާރާތެއް ކަމުގައި ވިދާޅުވިއެވެ. އެހާވެސް މުބާރާތުގެ އިންތިޒާމްތައް ފުރިހަމަ ކަމަށް އޭނާ ވިދާޅުވިއެވެ.

މުބާރާތުގެ އިންތިޒާމްތައް ފުރިހަމަކަން ފާހަގަކުރައްވައި، އޭނާ ވަނީ އެކަމަށްޓަކައި ގދ. ތިނަދޫ ކައުންސިލަށް ޝުކުރު ދަންނަވާފައެވެ. މީގެ އިތުރުން ދާދި ފަހުން ގދ. އަތޮޅު ކައުންސިލުން ރައުހަތު ސްޕޯޓްސްއާ ހަވާލުކޮށްގެން ބޭއްވި އެތުލެޓިކްސް މުބާރާތަކީވެސް ކާމިޔާބު މުބާރާތެއް ކަން ފާހަގަކުރެއްވި އެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ތޮލާލް ވަނީ އެތުލެޓިކްސްގެ ދިގު ތާރީޚުގައި ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައިި ތިނަދޫގެ އެތުލީޓުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށްފައެވެ.

މިއީ އެތުލެޓިކްސް އެސޯސިއޭޝަނުން ބާއްވާ 13 ވަނަ ގައުމީ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް މުބާރާތެވެ. މި މުބާރާތް މިފަހަރު ތިނަދޫގައި ބާއްވަނީ، ހޯސްޓު ކުރާނެ ފަރާތެއް ހޯދުމަށް އިއުލާން ކުރުމަށް ތިނަދޫ ކައުންސިލުން ހުށައެޅި ބިޑް ކާމިޔާބުވުމާއެކު އެވެ. މި މުބާރާތުގައި ހަތަރު އުމުރުފުރާއަކުން ޖުމްލަ 36 ސްކޫލެއް ބައިވެރިވެފައިވެއެވެ. އަދި މުބާރާތުގައި ޖުމްލަ 1057 އެތުލީޓުން ވާދަކށްފައިވެއެވެ.

މިއީ 2014 ވަނަ އަހަރުގެ ފަހުން ޖޫނިއާ އެތްލެޓިކްސް މުބާރާތް ތިނަދޫގައި ބާއްވާ ފުރަތަމަ ފަހަރެވެ. 2019 ވަނަ އަހަރު ތިނަދޫގައި އެތްލެޓިކްސް އެސޯސިއޭޝަނުން ވަނީ އިންޓަސްކޫލް އެތުލެޓިކްސް މުބާރާތެއް ބާއްވާފައެވެ. އަދި 2018 އެޓޯލް ޖޫނިއާ އެތުލެޓިކްސް މުބާރާތްވެސް ތިނަދޫގައި ބާއްވާފައެވެ.

ތިނަދޫއަކީ އެތްލެޓިކްސްގައި ވަރަށް ކާމިޔާބު ރަށެކެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ބާއްވާ އެތްލެޓިކްސް މުބާރާތްތަކުގައި ތިނަދޫއަށް ނިސްބަތްވާ އެތްލީޓުން އަންނަނީ ރަން ވަނަތަކެއް ހޯދައި ޤައުމީ ރިކޯޑްތައްވެސް މުގުރާލަމުންނެވެ. މިއަހަރުގެ މުބާރާތް ތިނަދޫގައި ބޭއްވުމަށް ފުރުސަތު ލިބިގެން ދިޔައީ ތިނަދޫ ކައުންސިލުން މުބަރާތަށް ބިޑް ހުށަހެޅުމުން އެންމެ މަތިން ޕޮއިންޓް ލިބުމުންނެވެ.

މި މުބާރާތުގައި 1057 އެތުލީޓުން ބައިވެރިވެފައިވާއިރު، އެ އެތުލީޓުންނާއެކު 3500 އަށްވުރެ ގިނަ މީހުން މުބާރާތަށްޓަކައި ތިނަދޫއަށް އައިސްފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ