logoEN
cocacola
"ތެނަދޫ" އަޑިއަށް ހިނގައްޖެ، "ހުވަދޫ" ވެސް އަޑިއަށް ދިޔުމުގެ މަގުމަތީ!

"ތެނަދޫ" އަޑިއަށް ހިނގައްޖެ، "ހުވަދޫ" ވެސް އަޑިއަށް ދިޔުމުގެ މަގުމަތީ!

އަޙްމަދު ޖަމީލު

logo

1/31/2021, 1:15:17 PM

# ރިޕޯޓް# ގދ.ތިނަދޫ

AB51A7D4-FFE7-4E2C-8F7E-D0B1CF9825B3

"ތެނަދޫ" އަޑިއަށް ދިޔަ ވާހަކަ ބުނުމުން ހައިރާން ވާކަށް ނުޖެހެއެވެ. "ތެނަދޫ" އަޑިއަށް ދިޔަ މަންޒަރަކީ އެންމެންގެ ލޯ މަތިން ފެނިގެން ދިޔަ މަންޒަރެކެވެ. "ތެނަދޫ" އަޑިއަށް ދިޔަތާ ދުވަސްތަކެއް ފަހުން މިހާރު ފެންނަމުން މިދަނީ "ހުވަދޫ" ފެނުއަޑިއަށް ދާން ތައްޔާރު ވަމުންދާ މަންޒަރެވެ. މި މަންޒަރު ބަލާލަން ބޭނުންވާ ކޮންމެ މީހަކަށް ތިނަދޫ ގެ ބަނދަރު މަތިން ވަރަށް ރަނގަޅަށް މި މަންޒަރު ފެނިގެން ދާނެއެވެ.

ގޮސިޔާ

ގދ.ތިނަދޫ އަކީ ބޯޓު ގެ ތާރީޚެއް އޮންނަ ރަށެކެވެ. އެގޮތުން ތިނަދޫ ފަޅު ތެރޭގައި އޮތް "އެމްވީ ވައިޓް ޓާރން" ކިޔާ ބޯޓެއްގައި ގޭސް ފުޅިއެއް ގޮވައި އެ ބޯޓު އަނދާއި އަޅިއަށް ވެގެން ދިޔައީ 2003 ވަނަ އަހަރު އެވެ. އަޅިއަށް ވެފައި ހުރި "އެމްވީ ވައިޓް ޓާރން" ވަރަށް ގިނަ ދުވަސް ތަކެއްވަންދެން ތިނަދޫ ފަޅު ތެރޭގައި އޮތީ ރަމްޒީ މޮނިޔުމެންޓެއް ފަދައިންނެވެ.

undefined

މީގެ އިތުރުން 2004 ވަނަ އަހަރުގެ މާރޗް މަހުގެ 17 ވަނަ ދުވަސް ވެގެން ދިޔައީ ތިނަދޫގެ ބޯޓުގެ ތާރީޚަށް އިތުރު ސޮފުހާ އެއް ލިޔެވިގެން ދިޔަ ދުވަހަކަށެވެ. ތިނަދޫގެ އިތުރުން މުޅި ރާއްޖޭގެ ނިސްބަތުން ހިނގައި ދިޔަ އެންމެ ބޮޑު އެއް ހާދިސާ އަށް އެދުވަސް ވެގެން ދިޔައެވެ. "އެނަމާ" ކިޔާ ބޯޓެއް ބަންޑުން ޖަހާލާ އެ ބޯޓުން ދަތުރު ކުރި 122 މީހުންގެ ތެރެއިން 24 މީހުން މަރުވިއެވެ. އަދި މިހާތަނަށް ވެސް ދެމީހަކު ފެނިފައެއް ނުވެއެވެ.

undefined

އެނަމާ ބޯޓު ބަންޑުން ޖެހުނު ފަހުން، އެ ބޯޓު ވަނީ ތިނަދޫ އަށް ގެނެވިފައެވެ. އެހެން ނަމަވެސް، ގިނަ ދުވަސް ތަކެއް ނުވަނީސް "އެނަމާ" ބޯޓު ވަނީ ތިނަދޫ ބަނދަރު ނަގައި މަރާމާތަށް ގެންގޮސްފައެވެ.

ތިނަދޫ ބަނދަރުގެ ދެކުނު ފަރާތުގައި އަބަދުވެސް ބޯޓެއް ހާލުގައި ޖެހި ބަނދަރު ކުރެވިފައިވެއެވެ. "ތެނަދޫ" ނަމަކަށް ކިޔާ ބޯޓެއް ތިނަދޫ ފަޅު ތެރޭ “ހާލުގައި” ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވީއިރު، “ހާލު” ބަލާލާނެ މީހަކު ނުވެގެން ފަޅު ތެރެއަށް ޣަރަޤުވިއެވެ. އަދި އެވަރުން ވެސް ނިމުނީއެއް ނޫނެވެ. ފަޅު ތެރެއަށް އަޑިއަށް ގޮސް އެތަނުގައިވެސް ލައްކަ ދުވަހު "ތެނަދޫ" ބޯޓު ކެތްކުރަން ޖެހުމަކީ ކޮންމެވެސް އެއް ފަރާތަކުން ޒިންމާއިން އިހުމާލުވެފައިވާ ކަމުގެ ހެއްކެކެވެ.

undefined

2016 ވަނަ އަހަރު އޮކްޓޫބަރ މަހު 16 ވަނަ ދުވަހު ސިވިލް ކޯޓުން ބޯޓުގެ ވެރިފަރާތުގެ މައްޗަށް "ތެނަދޫ" ބޯޓު ނެގުމަށް ހުކުމް ކުރެވުނެވެ. ބޯޓު އެތަނުން ނެގުމަށް އެއްމަސް ދުވަސް ދީފައި އޮތް ހުކުމަށް އިޖާބަ ދިން ތަނެއް ނުފެނުނެވެ.

ތިނަދޫ ފަޅު ތެރެއަށް އަޑިއަށް ދިޔަ މި ބޯޓުގެ ސަބަބުން އާންމު އުނދަގުލަކަށް ވިއެވެ. އެގޮތުން އެ ބޯޓުގެ ބައިތައް ފެނުން މައްޗަށް ހުރުމުގެ ސަބަބުން އެ ސަރަހައްދުގައި ބަނދަރު ކުރާ އެހެން އުޅަނދު ތަކަށް ބޮޑެެތި ގެއްލުން ވާން ފެށިއެވެ. އެންމެ ފަހުން 2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު 17 ވަނަ އަށް ވީދުވަހު ތިނަދޫ ކައުންސިލުން އިސްނަގައިގެން ވަނީ "ތެނަދޫ" ބޯޓު ފަޅުތެރެއިން ނަގާފައެވެ.

"ތެނަދޫ" ބޯޓު ތިނަދޫ ފަޅުތެރެއިން ނަގައި ނިންމާލައި، ތިނަދޫ ގެ މަލަމަތިން އުޖާލާ ކަން ގެނެސްދިންތާ މިއަދަށް އެއް އަހަރާއި ހަތަރު މަސް ވީއިރު، އިނގިރޭސި 8 އަކުރު ބޭނުން ކޮށްގެން ނޫކުލައިން “ހުވަދޫ” ލިޔެފައި އޮތް ބޯޓެއް މިއަދު ހަމަ އެސަރަޙައްދުގައި އެބައޮތެވެ. ވީރާނަ ވަމުންދާ މި ބޯޓު އެކަނިވެރިކަން ފިލުވުމަށްޓަކައި ބޯޓުގެ ބައިވެރިއެއްގެ ގޮތުގައި މަސްދޯންޏެއް ބޯޓު ކައިރީގައި އޮންނަތާވެސް އެތައް ދުވަހެއް ވެއްޖެއެވެ. ބޯޓު ވީރާނާވެގެން ގޮސް ވެހޭހާ ވާރޭއެއް ބޯޓުގެ އެތެރެއަށް ވެހެއެވެ. ބޯޓުގެ ވާތްފަރާތުން ގަހެއް ވެސް ފަޅާފައި ހުރި އިރު، ބޯޓުގެ އަރިމަތީގައި ގިނަ އަދަދަކަށް ގަލައި ފެހި ޖަހާފައިއެވެ.

undefined

undefined

“އަގު ފަލަ ހަރު” މުދަލެއް ފަނާވެގެން ދާތަން ތިނަދޫ ގެ ރައްޔިތުންގެ އިތުރުން ތިނަދޫއަށް އަރާފައިބާ އެންމެނަށް ފެނެއެވެ. ތިނަދޫ ކައުންސިލުން އެކި ގޮތް ގޮތަށް، އެކި ފަހަރު މަތިން މި ބޯޓު ގެ ވެރިފަރާތަށް ސިޓީ ފޮނުވައިފައިވާއިރު ބޯޓު ނެގުމުގެ އިޚްތިޔާރު އޮތް މީހަކު މިއަދަކު ނޭނގުނެވެ.

ތިނަދޫ ބަނދަރުގައި ހާލުގައި ޖެހިފައިވާ ބޯޓެއް ނެތް ދުވަހެއް ހަނދާނުގައި ނުހުންނަ ފަދައިން، ކުރިއަށް އޮތްތަނުގައި ވެސް އެމަންޒަރު ނުފެނި ދާނެ ކަމަށް އުއްމީދު ކުރާނެ ކަމެއް ނެތެވެ. އިއްޔެ "ތެނަދޫ" އެވެ. މިއަދު "ހުވަދޫ" އެވެ. މާދަމާ އޮންނާނީ "ސުވަދީބް" ނޫނީ "ގާފު" ކަމަށް ވެސް ވެދާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ