logoEN
ކޮކާކޯލާ
މާލެ ދޫކޮށް ރަށަށް ދާން ބޭނުންވާ އާއިލާތަކަށް 3000 ރުފިޔާގެ އެލަވަންސެއް

މާލެ ދޫކޮށް ރަށަށް ދާން ބޭނުންވާ އާއިލާތަކަށް 3000 ރުފިޔާގެ އެލަވަންސެއް

# ކޮވިޑް19

DSC_4760

ކޮވިޑް19 އާ ގުޅިގެން މާލޭގައި ދިރިއުޅެމުންދާ އަތޮޅުތެރޭގެ އާއިލާތައް އެނބުރި ރަށަށް ދާން އެދޭ ނަމަ 3000 ރުފިޔާގެ އެލަވަންސެއް ދޭން ސަރުކާރުން ނިންމައިފިއެވެ.

އަބުޅޯ

އެގޮތަށް ސަރުކާރުން ނިންމާފައިވަނީ އެކަމަށް ޚާއްސަ ޤަވާއިދަކާ އެކުއެވެ. ކޮވިޑް-19 ގެ ސަބަބުން މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކޮށްފައިވާތީ، އަމިއްލައަށް ރަށަށް ބަދަލުވާން ބޭނުންވާ މީހުންނަށް ފުރުޞަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމުގެ ދަށުން 500 އާޢިލާއަކަށް އަހަރެއްގެ މައްޗަށް 26.7 މިލިޔަން ރުފިޔާ ޚަރަދު ކުރަން ނިންމާފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.

"ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމުގެ ދަށުން އެހީ ފޯރުކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދު" ގައި ބުނާ ގޮތުގައި ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމުގެ ދަށުން އެހީއަށް އެދޭ ފަރާތްތަކާއި އެހީ ފޯރުކޮށްދެވޭ ފަރާތްތަކުގެ ދަފުތަރެއް ޖެންޑާ މިނިސްޓްރީ އިން ބަލަހައްޓަން ޖެހެއެވެ.

މި ޕްރޮގްރާމްގެ ދަށުން އެހީއަށް އެދޭ ޚާއްސަ ފޯމު ހުށަހަޅަން ޖެހެނީ އެހީ އަށް އެދޭ ފަރާތުން ވަޒަންވެރިވާން އެދޭ ރަށެއްގެ ކައުންސިލަށެވެ. އަދި އެކަމަށް އެދޭތާ 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެހީއަށް ޝަރުތު ހަމަވާނަމަ ނުވަތަ ނުވާނަމަވެސް މިނިސްޓްރީގެ ފަރާތުން އަންގަން ޖެހޭގޮތަށް ޤަވާއިދުގައިވެއެވެ.

ގަވައިދުގެ ދަށުން ދޭ މާލީ އެހީގެ ތެރޭ ހިމެނެނީ އެސްޓެބްލިޝްމެންޓު އެލަވެންސްގެ ގޮތުގައި ހަމަސް ވަންދެން އާއިލާއަކަށް ދެވޭ 3،000 ރުފިޔާ، ވަޒަންވެރިވުމަށް ދަތުުރުކުރާ ރަށަށް ދިޔުމަށް އެއްކޮޅު ޓިކެޓުގެ އިތުރުން އެމީހަކު އެ ބަދަލުވާ ރަށެއްގައި އުޅޭނެ ގެދޮރު މަރާމާތު ކުރަން ޖެހިއްޖެނަމަ އެކަމަށް ހިނގާނެ ހަރަދުގެ އިންސައްތައެއް އަދި އާއިލާގެ ހާލަތަށް ބަލައި ފަރުނީޗަރު ހޯދުމަށް ހިނގާނެ ހަރަދުގެ ވަކި އިންސައްތައެކެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވެފައިވަނީ ފަރުނީޗަރުތައް ހޯދުމަށާއި ގެދޮރު މަރާމާތުކުރުމަށްޓަކައި 20000 ރުފިޔާއަށްވުރެ މަތި ނޫން އަގެއްގައި ލޯން ދޫކުރާނެކަމަށެވެ.

އެހީ އަށް އެދޭ ފަރާތުގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި، އުމުރުން 18 އަހަރުނުވާ އެއް ކުއްޖަކު އެމީހެއްގެ ބެލުމުގެދަށުގައި ހުރުމާއި އެމީހެއްގެ ދިރިއުޅުން އެހެން ރަށަކަށް، ދިގުމުއްދަތަކަށް ބަދަލުކުރަން ބޭނުންވި ނަަމަވެސް އެކަން ކުރެވޭގޮތް ފަހިވެފައި ނެތުމާއި ބަދަލުވާން ބޭނުންވާ ރަށުގައި ދިރިއުޅޭނެ އިންތިޒާމް ހަމަޖެހިފައިވުން ނުވަތަ އެފަދަ އިންތިޒާމެއް ހަމަޖެއްސޭނެ ފަދަ ގޮތެއް ހުރުން ހިމެނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ