logoEN
ކޮކާކޯލާ
ތިނަދޫ ސްޓޫޑިއޯތަކުގެ ތަމްސީލް - ކިޔައިދިނީ ރަށުގެ އެތުލެޓިކްސް ދާއިރާގެ ތާރީޚު ސަކަ ގޮތަކަށް

ތިނަދޫ ސްޓޫޑިއޯތަކުގެ ތަމްސީލް - ކިޔައިދިނީ ރަށުގެ އެތުލެޓިކްސް ދާއިރާގެ ތާރީޚު ސަކަ ގޮތަކަށް

# ގދ.ތިނަދޫ

GMG_8497

ގދ. ތިނަދޫ އަކީ އެތުލެޓިކްސް ދާއިރާގެ ރޮނގުން ރަން ވަނަތަކެއް ހާސިލްކޮށްފައިވާ، ގައުމީ ފެންވަރުގައި އެ ދާއިރާއިން ހުނަރުވެރި އެތުލީޓުންތަކެއް އުފައްދާފައިވާ ރަށެކެވެ. އެއީ ތާރީޚުންވެސް އެކަން ފެންނަން އޮތް ގޮތެވެ.

އަބުޅޯ

އެސްޓީއޯ މަކިޓާ ނެޝަނަލް ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް 2022 ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ތިނަދޫގައި އެތުލެޓިކްސް ދާއިރާ ފެށިގެން އައި ގޮތް ވަނީ މަޖާޒީ ގޮތަކަށް ދައްކުވައިދީފައެވެ. ތިނަދޫގެ ތިން ސްޓޫޑިއޯ ކަމުގައިވާ، ސްޓޫޑިއޯ33 އާއި، ޗައްޕަލާ ސްޓޫޑިއޯ އަދި ބުންނަރު ސްޓޫޑިއޯ ގުޅިގެން ހުށަހަޅައިދިން ތަމްސީލުގައި ދައްކުވައިދިނީ މާޒީގެ ދުވަސްތަކުގައި އެތުލެޓިކްސް މުބާރާތްތަކަށް ތައްޔާރުވުމުގެ ގޮތުން ތަމްރީން ވި ގޮތުގެ ވާހަކަ އެވެ.

undefined

އެގޮތުން ހައި ޖަމްޕް ޖެހުމަށް ބިމުގައި ދަނޑި ޖަހައި، އޭގެ މަތިން ފުންމުމުގެ އިތުރުން، ހިރިގަލުން ހަދާފައިވާ 6 ފޫޓު ބޮޑެތި ފާރުތަކުގެ މަތިން "ބިރެއް ނެތި" ފުއްމައި ހެދި ކަމަށް ތަމްސީލްގައި ދައްކުވައިދިނެވެ. އަދި ރަށުގެ ތާރީޚުގައި އެންމެ ކުރިން އެތުލެޓިކްސް ދާއިރާގައި ހަރަކާތްތެރިވި ފަރާތްތަކުގެ ނަން ނަމާއި، އެހީތެރިވެދެއްވި ފަރާތްތަކުގެ ވާހަކަވެސް ގެނެސްދީފައިވެއެވެ.

undefined

މިއީ ތިނަދޫގެ ސްޓޫޑިއޯތައް ގުޅިގެން ހުށަހަޅައިދިން މިފަދަ ދެވަނަ ތަމްސީލެވެ. މި ތަމްސީލުގައި ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ 34 ދަރިވަރުންގެ ނެށުމުގެ ހަރަކާތްތައްވެސް ވަނީ ފެނިގެން ގޮސްފައެވެ. މި ތަމްސީލުގެ އަޑާއި މިއުޒިކް ހަދާފައިވަނީ ބުންނަރު ސްޓޫޑިއޯ އިންނެވެ. ޅެން ހަދާފައިވަނީ މުޙައްމަދު އަޖީބެވެ. ކޮންސެޕްޓާއި ކޮރިއޮގްރަފީ މަސައްކަތްކޮށްފައިވަނީީ ސްޓޫޑިއޯ33 އާއި ޗައްޕަލާ ސްޓޫޑިއޯ އިންނެވެ.

undefined

ތިނަދޫ ސްޓޫޑިއޯތަކުން ތަމްސީލެއް ފުރަތަމަ ހުށަޙަޅައިދީފައިވަނީ ތިނަދޫ އަލުން އާބާދުވިތާ 55 އަހަރު ފާހަގަކުރުމަށް ބޭއްވި ހަރަކާތުގައެވެ. އެފަހަރު ދައްކުވައިދިނީ ރަށުން މީހުން ބޭލުމަށްފަހު އަލުން އާބާދުކުރުމުގައި ކަންކަން ދިމާވި ގޮތުގެ ތަމްސީލެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ