
މައްސަރުގެ ދުވަސްވަރު މާބޮޑަށް ރިއްސާނަމަ އަމިއްލަ އަށް ދެވިދާނެބައެއް ފަރުވާތައް!
# ސިއްޙަތު# އަންހެނުންinline_image_preview
މައްސަރު ދުވަސްވަރަކީ ބައެއް އަންހެނުންނަށް ވަރަށް ވޭން ބޮޑު ދުވަސްވަރެކެވެ. އެގޮތުން މައްސަރު ކަންތައް ލައިގަންނަ ފުރަތަމަ ތިން ދުވަހު ބައެއް މީހުންނަށް ތެދުވެ ނޫޅެވޭ ވަރުވާއިިރު އަނެއް ބައި މީހުން އެ ދުވަސްވަރު އެއްކޮށް ނިމެންދެން ތަންމަތިން ތެދުނުވެވި އޮންނަން ޖެހެ އެވެ.

ކޮންމެއަކަސް މައްސަރު ކަންތައް ލައިގަނެ ރިއްސާ ކޮންމެ ފަހަރަކު ތަދު ކަނޑުވާ ބޭސް ބޭނުން ކުރުމަކީވެސް އެހާ ބުއްދިވެރި ކަމެއް ނޫނެވެ. އޭގެ ބަދަލުގައި ގުދުރަތީ ގޮތުން އެކަމަށް ފަރުވާ ކުރާނެ ގޮތްތަކެއް އިހުތިޔާރު ކުރުން މާ މޮޅެވެ.
ކަސްރަތު
ކިތަންމެ ސިއްހަތު ރަނގަޅު ނަމަވެސް ގަވާއިދުން ކަސްރަތު ކުރުން ވަރަށް މުހިއްމެވެ. ހާއްސަކޮށް މައްސަރު ދުވަސްވަރު ގަވާއިދުން ކަސްރަތު ކުރުން ކޮންމެހެން މުހިއްމެވެ. ސަބަބަކީ ކަސްރަތަކީ މައްސަރު ކަންތައް ލައިގަތުމުން ވާ ތަދު ކުޑަކޮށްދޭ ކަމަކަށް ވާތީ އެވެ.
އޯބަތް
އޯބަތަކީ މައްސަރު ދުވަސްވަރު އެ އަޅާ ވޭން ކުޑަ ކުރުމަށް އެހީތެރިވެދޭ އެއްޗެއް ކަމަށްވެ އެވެ. އެގޮތުން 12 ވަރަކަށް ގަޑި އިރުވަންދެން އޯބަތްކޮޅެއް ފެނަށް ލުމަށްފަހު އެ ފެންތަށި ބޯލުމުން މައްސަރު ކަންތަކުގެ ތަދު ކުޑަވާ ކަމަށްވެ އެވެ.
ދިރި ސައި
ދިރި އަކީ މީހާ ރިލޭކްސް ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. އަދި އެންޓި އިންފްލިމޭޓަރީ ޕްރޮޕަޓީސްވެސް ހިމެނޭ ދިރި އަކީ މައްސަރު ތަދު ވެސް ކުޑަކޮށްދޭ އެއްޗެކެވެ. އެހެންކަމުން މައްސަރު ކަންތައްލައިގަނެ މާ ބޮޑަށް ރިއްސާ ނަމަ ދިރި ސައިތައްޓެއް ތައްޔަރުކޮށްލުމަށްފަހު ބޯލާށެވެ.