
White Alert
ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން ހުދުސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އދ އަތޮޅާ ހަމައަށެވެ.
އެގޮތުން ފަތިހު 5:45 އިން ފެށިގެންް 11 އާ ހަމައަށް އެސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން، އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް އެއިދާރާއިން ލަފާކޮށްފައިވެއެވެ.
ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރު ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހު ބާރުވެފައިވީ ނަމަވެސް މިއަދުން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.






