
maldives_copyright_majlis
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މަސައްކަތްކުރާ މުވައްޒަފަކު، ކޮވިޑު-19 އަށް ޕޮޒިޓިވްވި މީހެއްގެ ޑައިރެކްޓް ކޮންޓެކްޓަކަށް ވިކަމަށް ބުނެ މަޖިލީހުގެ އިދާރާގެ ހިއުމަން ރިސޯސް ޑިޕާޓްމެންޓަށް ސައްހަ ނޫން ލިޔުމެއް ހުށަހަޅައިގެން އޭނާ ސަސްޕެންޑުކޮށްފިއެވެ.

މާލޭ ގެެއެއް ކަރަންޓީނު ކުރަން އެޗްޕީއޭ އިން ދޫކުރި ލިޔުމަކަށް ބަދަލުގެނެސް އެ މުވައްޒަފު ވަނީ އޭނާ އަކީ ކޮވިޑު-19 އަށް ޕޮޒިޓިވް ފަރާތެއްގެ ކޮންޓެކްޓެއް ކަމަށް އެ ލިޔުމުގައި ލިޔެ އެ ލިޔުން މަޖިލީހުގެ އެޗްއާރަށް ހުށަހަޅާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ލިޔުން ހުށަހެޅުމަށް ފަހު އޮފީހަށް ހާޒިރުނުވެ އެ މުވައްޒަފު ވަނީ އައްޑޫ ސިޓީއަށް ގޮސްފައެވެ.
އޮންލައިން ނޫސް "ދިޔަރެސް" ގައި ބުނެފައިވާ ގޮތުން، 26 ޖެނުއަރީ އިން ފެށިގެން 10 ދުވަހަށް އެ މުވައްޒަފު ސަސްޕެންޑުކުރެވިފައިވާކަމަށް މަޖިލީހުގެ މީޑިއާ އޮފިޝަލް ވަނީ ކަށަވަރުކޮށްދީފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މުވައްޒަފަކީ، މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރާ އައްޑޫ ސިޓީ އަށް ނިސްބަތްވާ އަންހެނެކެެވެ.
ސަރުކާރުގެ ރަސްމީ އިދާރާއެއްގެ ލިޔުމެއް ފޯޖުކުރުމަކީ ޖިނާއީ ބޮޑުކުށެކެވެ. ނަމަވެސް، މި މައްސަލައާއި ގުޅިގެން މި މުވައްޒަފަށް އިތުރު ފިޔަވަޅެއް އަދި ނާޅައެވެ.
ގުޅުންހުރި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް މަދުކުރަން މަޖިލީހުން ފާސްކޮށްފި

ޑަބްލިއުޑީސީތަކަށް ރަސްމީ މުސާރަ އާއި ރޯދަ އިނާޔަތް ދޭން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އިންޑިއާއަށް ފުރާވަޑައިގަންނަވައިފި
.jpg&w=3840&q=75)