logoEN
Sto top
ޕާކިސްތާނަކީ ދުނިޔޭގެ އެންމެ ނުރައްކާތެރި އެއް ގައުމު - ބައިޑެން

ޕާކިސްތާނަކީ ދުނިޔޭގެ އެންމެ ނުރައްކާތެރި އެއް ގައުމު - ބައިޑެން

މަރިޔަމް ޝާލިނީ

logo

10/15/2022, 4:32:41 PM

# ޖޯ ބައިޑެން# އެމެރިކާ - ޕާކިސްތާން

president-biden-gty-jef-221005_1664986297638_hpMain_16x9_992

ޕާކިސްތާނަކީ ދުނިޔޭގެ އެންމެ ނުރައްކާތެރި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ކަމުގައި އެމެރިކާގެ ރައީސް، ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

Wamco

އެމެރިކާގެ ރައީސް މިހެން ވިދާޅުވީ އެމެރިކާގެ ލޮސް އެންޖެލިސް (ކެލިފޯނިއާ) ގައި ބޭއްވި ޑިމޮކްރެޓިކް ކޮންގްރެސް ކެމްޕެއިން ކޮމިޓީގެ ރިސެޕްޝަންގައި ޗައިނާ އާއި ރަޝިއާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ޕާކިސްތާނާ ބެހޭ ގޮތުން ބައިޑަން މިހެން ވިދާޅުވެފައިވަނީ ޗައިނާ އާއި ރަޝިއާއާ ގުޅޭ ގޮތުން އެމެރިކާގެ ހާރިޖީ ސިޔާސަތުތައް ހުރި ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ދަނިކޮށެވެ. ބައިޑަން ނިންމަވާލައްވަމުން ވިދާޅުވީ ޕާކިސްތާނަކީ ދުނިޔޭގައި އޮތް އެންމެ ނުރައްކާތެރި އެއް ގައުމު ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ބައިޑެން މިހެން ވިދާޅުވެފައިމިވަނީ އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ސްޓްރެޓެޖީ އާންމުކުރިތާ ދެ ދުވަސް ފަހުން ނެވެ. 48 ސޮފްހާގެ މި ލިޔުމުގައި ޕާކިސްތާނަށް އިޝާރާތެއް ނުކުރެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ބައިޑަންގެ މި ވާހަކަފުޅަކީ ޝެހްބާޒް ޝަރީފްގެ ސަރުކާރުން އެމެރިކާއާ ގުޅުން ބަދަހި ކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ހީނަރުކަމެއްގެ ގޮތުގައި ބެލެވިދާނެ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside