
5QIW2ZQ7WZCIFPS4FYX233P63M
ކޮޕާޑެލްރޭ ރައުންޑް އޮފް 16 ގައި ރޭ މެސީ ޑިޖޯންގް ޖެހި ގޯލުތަކުން ބާސާއިން ރަޔޯ ވަޔެކާނޯ ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

މި މެޗުގައި ހުރިހާ ގޯލެއްވެސް ފެނިގެން ގޮސްފައިވަނީ މެޗުގެ ދެވަނަ ހާފުގެ ތެރޭގައެވެ. މިމެޗް ބާސާއިން ކާމިޔާބުކުރީ 2-1 ގެ ތަފާތަކުންނެވެ. މެޗުގެ ފުރަތަމައިން ރަޔޯ ވަޔެކާނޯއި ލީޑު ނެގި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައި މިޑްފިލްޑާރ ގްރޭސިއާ އެވެ. މި ގޯލު ކާމިޔާބުކުރިތާ މާ ގިނަ އިރެއް ނުވަނީސް ބާސާއިން ވަނީ ގޯލެއް ޖަހާ އެއްވަރުކޮށްލާފައެވެ.
ބާސާއިން ޖެހި ގޯލު އެޓީމަށް ކާމިޔާބުކޮށް ދިނީ ސަސްޕެންޝަނަށް ފަހު ކުޅުމުގެ ތެރެއަށް އައީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ގެ މަގާމް ހަ ފަހަރަށް ހޯދައިފައވާ އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އެވެ. އޭނާ މި ގޯލު ޖެހީ އެންޓޮއިން ގްރީޒްމަން ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
މެޗު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް ބާސެލޯނާ މޮޅުކޮށްދިން ލަނޑު ޖެހީ ފަހަކަށް އައިސް މުހިއްމު ގޯލުތަކެއް ޖަހަމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރު ފްރެންކީ ޑިޖޯންގް އެވެ.