ވަޒީފާ ހޯދުމަށް އިންޓަވިއު އިން ފާސްވުމަށް ކަން ކުރަންވީ ގޮތް

ވަޒީފާ ހޯދުމަށް އިންޓަވިއުއަކަށް ގޮސް ކާމިޔާބީއެއް ލައްވައިނުލިތޯ؟ ތި މައްސަލައިގެ ސަބަބެއްގެ ގޮތުގައި ތަޖުރިބާކާރުން ބުނެލަނީމަދު ބަސްކޮޅެކެވެ. އެމީހުން ބުނާގޮތުގައި ގިނަ ބަޔަކަށް އިންޓަވިއުތަކުގައި ކުރެވޭ އެންމެ ބޮޑު ކުށަކީ އަމިއްލަ ނަފްސާއި ބެހޭގޮތުން ވާހަކަދެއްކުމެވެ.

އިންޓަވިއު ގެ ފުރަތަމަ ސުވާލަކަށް ގިނަ ފަހަރަށް އަމާޒު ކޮށްލަނީ ތިމާ އާއި ބެހޭ ގޮތުން ވާހަކަ ދައްކާލުމަށެވެ. މި ސުވާލުގެ ޖަވާބުގައި ގިނަ މީހުންނަށް ދެވެނީ އެންމެ އެދެވޭ ޖަވާބެއް ނޫނެވެ. ފުރިހަމަ ނަމާއި، އުމުރާއި، ދަރިފަސްކޮޅަށް ދާންދެން މައުލޫމާތު ދެވޭ ފަހަރުވެސް އާދެއެވެ. ނަމަވެސް އެއީ އިންޓަވިއު ކުރާ ފަރާތް ބޭނުންވާ ޖަވާބެއް ނޫނެވެ.

ކެރިއާރ ގާރލް ޑެއިލީ ނަމަކަށް ކިޔާ ވެބްސައިޓަކުން ބުނާގޮތުގައި އިންޓަވިއުތަކުގައި ވަޒީފާ ދޭ ފަރާތުން ހޯދަމުންދަނީ އަބަދުވެސް ކުންފުންޏަށް އެންމެ ފައިދާވާނެ ކެނޑިޑޭޓެކެވެ. ކެނޑިޑޭޓުންގެ އުފަލާއި ހިތްހަމަޖެހުމާއި ހަޔާތުގައި ފުއްދަން ބޭނުންވާ ކަންކަމަށްވެސް މިފަރާތްތަކުން ބަލާނޭއިރު މިފަރާތްތަކުން އެންމެ ބޮޑު އިސްކަމެއް ދޭނީ ކުންފުންޏަށްޓަކައި އެ ކެނޑިޑޭޓަކު ކޮށްދޭންހުރި ކަންތައްތަކަށެވެ. ތިބާއާއި ބެހޭގޮތުން ކުރުކޮށް ވާހަކަދައްކައި ނިންމާލުމަށްފަހު ދެން ވަޒީފާ ދޭ ފަރާތުން ކުރާ ކޮންމެ ސުވާލަކަށްވެސް ދޭންވީ ކުންފުންޏަށް ކޮންމެވެސް އެއްގޮތަކުން ތިބާއަށް ކޮށްދެވޭނެ ފައިދާއަކާއި ގުޅިފައިވާ ޖަވާބެކެވެ.

ބައެއް ތަޖުރިބާކާރު ފަރާތްތަކުން ބުނާގޮތުގައި މި ކުޑަ ކުޑަ އުކުޅު ނޭގުމަކީ ތިބާއާއި ތިބާ އެންމެ އެދޭ ވަޒީފާއާއި ދެމެދުގައިވާ އެންމެ ބޮޑު ހުރަހެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް