
6-1024x683
ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލް އާއި އެޑްމިނިސްޓްރޭޓަރު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެ އެ ސްކޫލުގެ އޮފީސް ބަންދުކޮށްފި އެވެ.

ޖަމާލުއްދީން ސްކޫލުގެ ބައެއް އިސްވެރިން ވަނީ މީގެ ކުރިންވެސް ކޮވިޑަަށް ޕޮޒިޓިވް ވެފައިވެއެވެ. އެގޮތުން އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ އިތުރުން ލީޑިން ޓީޗަރަކުވަނީ މީގެ ކުރިން ޕޮޒިޓިވްވެފައެވެ.
އޮފީސް ބަންދުކުރިއިރު އޮފީހުައި މަސައްކަތް ކުރަނީ ޕްރިންސިޕަލްއާއި، އެޑްމިނިސްޓްރޭޓަރުގެ އިތުރުން އިދާރީ ހަވަރަކަށް މުވައްޒަފުންނެވެ.
ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި އޮފީސް ބަންދު ކުރައްވަން ނިންމެވީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ސްކޫލުން އިސްނަގައިގެން އަމިއްލަައަށް ކަމަށެވެ. އެގޮތުން މިހާރު އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތައް ކޮންޓެކްޓް ޓްރޭސިންގ މަސައްކަތް ކުރިއަށް ގެންދާއިރު އެބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވާނީ ގޭގައި ތިއްބަވައިގެން ކަމަށް ޕްރިންސިޕަލް ވަނީ ވިދާޅުވެފައެވެ.