"ދީނުގައި ކަނޑައަޅުއްވާފައިގޮތް ހަރުކަށިކަމަށް ދެކޭމީހަކު ޖޭއެސްސީގައި އިދެގެންނުވާނެ"

އިސްލާމްދީނުގައި އޮންނަ ގޮތް އެއީ "ހަރުކަށި" ގޮތްކަމަށް ދެކޭ މީހަކު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި އިދެގެން ނުވާކެމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ޑރ.އިޔާޒު ދެއްކެވި ވަހަތަކާއި އިޝާރާތްކޮށް މަޖިލިސް ރައީސްގެ ފޭކް އެކައުންޓުން ކުރެއްވި ޓުވީޓުގައި ވިދާޅުވީ  ދިވެހިން މިއަދު ޑރ.އިޔާޒުގެ ހަރުކަށި ފިކުރު ބަލައި ނުގަންނަކަމަށެވެ. ރައީސް ނަޝީދުގެ މި ޓްވީޓާއި ގުޅިގެން ޑރ.އިޔާޒު ވިދާޅުވީ އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ކަންކަމަކީ އުސޫލުތަކަކީ ހަރުކަށި ގޮތްކަމަށްދެކި އެޔަށް ބަދަލު ގެންނަން މަސައްކަތް ކުރާމީހަކު ޖުޑިޝަލް ސާވިސްކޮމިޝަންގައި އިދެގެން ނުވާނެކަމަށެވެ.

ޑރ.އިޔާޒުގެ ވާހަތައް ދިވެހި ރައްޔިތުން ޤަބޫލު ނުކުރައްވާކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ޑރ.އިޔާޒު ވިދާޅުވީ އޭނާގެ ފެންގުޅުއްވާ ފިކުރު އެކަކު ބަލައި ނުގެތްކަމުގައި ވީނަމަވެސް މާތްﷲ ގެ ރުއްސެވުން ލިބުމުން ނިމުނީކަމަށެވެ.

ޑރ.އިޔާޒު ދައްކަވާ ވާހަތަކާއި ގުޅިގެން ރައީސް ނަޝީދާއި، މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ބައެއް މެމްބަރުން މީގެކުރިންވެސް މަޖިލީހުގެ ޖަލްސާތަކުގައި ޑރ.އިޔާޒަށް ރައްދު ދެއްވާފައިވެއެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް