logoEN
cocacola
އޭޓީއެމް ބެހެއްޓުމަށް ހިތަދޫން ހިލޭ ބިން ނުދޭން ސިޓީ ކައުންސިލުން ނިންމައިފި

އޭޓީއެމް ބެހެއްޓުމަށް ހިތަދޫން ހިލޭ ބިން ނުދޭން ސިޓީ ކައުންސިލުން ނިންމައިފި

އަލްފާ އަލީ

logo

10/8/2022, 5:40:55 PM

# އައްޑޫ ސިޓީ ކައުންސިލް

306629306_455884209918220_6549697488353720865_n-1

އައްޑޫ ސިޓީ ހިތަދޫގައި އޭޓީއެމް ބެހެއްޓުމަށް ހިލޭ ބިން ދޫނުކުރަން އެ ކައުންސިލުން މިއަދު ނިންމައިފިއެވެ.

ގޮސިޔާ

ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ސަރަހައްދުގެ އިތުރުން ހިތަދޫ މޫލެކެޑެ ހިތަދޫ ސްކޫލް ސަރަހައްދުގައި އޭޓީއެމެއް ބެހެއްޓުމަށް ބޭނުންވާ ބިން ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދިނުމަށް ހުށަހަޅުއްވާފައެވެ.

ކޮމެޓީން ވަނީ ބޭންކުން އެދިފައިވާ ބިމު ކުލީގެ ގޮތުގައި އަކަ ފޫޓަކަށް 2 ރުފިޔާ ނެގުމަށް ނިންމައިފައެވެ. އެގޮތުން ބޭންކުން ހުށަހެޅި ދެ ބިމަށް 1،200ރ. މަހު ކުއްޔަށް ނެގުމަށް ވަނީ ނިންމައިފައެވެ.

އެ ހުށަހެޅުމަށް އިސްލާހު ހުށަހަޅުއްވަމުން މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު ވިދާޅުވީ ބޭންކުން ރައްޔިތުންގެ ފައިދާއަށް އޭޓީއެމް ބަހައްޓާ އިރު އެ ބިމުން ކުލި ނެގުމުގެ ބަދަލުގައި އެކަމަށް ކައުންސިލުން އެެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. އަދި، މޫލެކެޑެ ސަރަހައްދުގައި ހުންނަ މީހަކު އޭޓީއެމް އިން ފައިސާ ނެގުމަށް 60ރ. ހަރަދު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މި މައްސަލަ އަށް ވޯޓަށް އެހުމުން ބީއެމްއެލްއަށް އޭޓީއެމް ބެހެއްޓުމަށް ހިލޭ ބިން ދިނުމަށް ތާއިދު ކުރެއްވީ ފަސް ކައުންސިލަރެކެވެ. އަނެއް ފަސް ކައުންސިލަރުން ވޯޓު ދެއްވީ ހިލޭ ބިންދިނުމަށް ނުފެންނަކަމަށެވެ. ވޯޓު ހަމަހަމަ ވިނަމަވެސް ރިޔާސަތުން މޭޔަރު އަލީ ނިޒާރު ވަނީ ކުލި ނުނަގައި ބިން ދިނުމަށް ދެކޮޅު ހައްދަވައިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ