
ދެއްވަދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ
# ގއ.ދެއްވަދޫl_2021_01_14_011016_82fpusv9by73dcqe1xralwn4im56zjokhtg_EN_
ގއ.ދެއްވަދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާންކޮށްފިއެވެ.

ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިރުކުރި އިއުލާނެއްގައި ބުނެފައިވަނީ ގއ. ދެއްވަދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: (IUL)23-AP/23/2022/232 (16 މެއި 2022) އިޢުލާނަށް އަންދާސީ ހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވެފައި އެފަރާތުން ހުށަހަޅާފައިވާ އަންދާސީ ހިސާބުގެ ޝަރުތު ފުރިހަމަ ނުވާތީ އިޢުލާން ބާތިލްކޮށް އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާނުކުރާ ކަމަށެވެ.
އެގޮތުން މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 02 އޮކްޓޯބަރ 2022 ވާ ބުދަ ދުވަހުން ފެށިގެން 13 އޮކްޓޯބަރ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރުމަށް ވަނީ އެދިފައެވެ.
މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ވަނީ ގެޒެޓްކޮށްފައެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 17 އޮކްޓޯބަރ 2022 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި ހެލްތު މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 16 އޮކްޓޯބަރ 2022 ވާ އާދިއްތަ ދުވަހު ހެނދުނު 11:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުމަށް ވަނީ އެދިފައެވެ.
ދެއްވަދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް 2021 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން ހެލްތު މިނިސްޓްރީއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ގުޅުންހުރި
ދެއްވަދޫ ކައުންސިލަށްވެސް ރައީސް ދެއްވީ ތަރައްޤީގެ ޔަގީންކަން!

ދެއްވަދޫގައި ކުރިޔަށް ގެންދިޔަ ރެސްކިއު ޑައިވަރުން ތަމްރީން ކުރުމުގެ ކޯސް 7 މީހަކު ފުރިހަމަކޮށްފި

އެންދަަމަން ފޭބި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް ނިޔާވެފަ އޮއްވާ ފެނިއްޖެ
